ލޯނު ނުދައްކައިގެން ރީކޯ މޫސަގެ ހިއްސާ އޮންނަ ރަހާ ރިސޯޓް ވިއްކާލަން އިއުލާނުކޮށްފި

ލޯނު ނުދައްކައިގެން ރީކޯ މޫސަގެ ހިއްސާ އޮންނަ ރަހާ ރިސޯޓް ވިއްކާލަން އިއުލާނުކޮށްފި

13 hours ago - 16:13
Advertisement
Advertisement

ލޯނެއް ނުދެއްކި މައްސަލައިގައި ކޯޓު ހުއްދައާ އެކު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ހިއްސާ އޮންނަ ހެވީލޯޑް މޯލްޑިވްސް އިން ލ. އަތޮޅުގައި ހިންގާ "ރަހާ ރިސޯޓް" ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނުކޮށްފިއެވެ.

ބީއެމްއެލް އިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ލ. ފަރެސް އަދި ކުޑަފަރެހުގައި ހިންގަމުން އަންނަ 100 ކޮޓަރީގެ މި ރިސޯޓް ވިއްކާލަނީ ފާޅުކަން ބޮޑު ނީލަމެއްގައެވެ. މި ރިސޯޓުގެ ބިމު ކުލީގެ މުއްދަތު (ހެޑް ލީސް) ހަމަވާނީ 18 ޑިސެމްބަރު 2064 ގައެވެ.

ނީލަމުގައި ރިސޯޓް ވިއްކަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ:

  • 45.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 703.6 މިލިއަން ރުފިޔާ)

މި ރިސޯޓް ނީލަމަށް ލާފައި މިވަނީ، 18 ޑިސެމްބަރު 2016 ގައި ހެވީލޯޑް މޯލްޑިވްސް އަށް ބީއެމްއެލް އިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް އަނބުރާ ނުދެއްކި މައްސަލައިގައެވެ. ލޯނަށް ފައިސާ ނުދެއްކުމުން، ރަހުނު ވިއްކައިގެން ފައިސާ ހޯދުމުގެ ހުއްދަ ބޭންކަށް ދީ ސިވިލް ކޯޓުން ހުކުމްކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. ބީއެމްއެލް އިން ބުނީ ރިސޯޓް ވިއްކާލާނީ މިހާރު އޮތް ހާލަތުގައި ("އޭޒް-އިޒް-ވެއާ-އިޒް" އުސޫލުން) ކަމަށެވެ.

ލޯނުގެ ރަހުނުގެ ގޮތުގައި ހިމެނޭ ތިން ރަށުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުންޏާއި މޫސަގެ އިތުރުން އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގެ މައިގަނޑު ހިއްސާދާރުންނަކީ ވެސް މޫސަ އާއި އޭނާގެ އާއިލާއެވެ.

މި ލޯނު ނުދައްކައިގެން ހެވީލޯޑުގެ ތިން ރަށް ވިއްކާލަން މީގެ ކުރިން ވެސް ސިވިލް ކޯޓުން ހުއްދަ ދިނެވެ. ނަމަވެސް އެ ފަހަރުގެ ހުކުމް ހައި ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement