ސަރުކާރާ ގުޅެން އަދާލަތުން ނިންމައިފި; 2028 ގައިވެސް ތާއީދު ކުރަނީ ރައީސް މުއިއްޒަށް

ސަރުކާރާ ގުޅެން އަދާލަތުން ނިންމައިފި; 2028 ގައިވެސް ތާއީދު ކުރަނީ ރައީސް މުއިއްޒަށް

16 hours ago - 12:58

މި ސަރުކާރުގެ ބާކީ އޮތް ދައުރުގައި ވެރިކަންކުރާ ޕީއެންސީއާއެކު ކޯލިޝަން ހަދައި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ދީނީ ކަންކަން ފުޅާކުރުމަށާއި، ގައުމުގެ އިގުތިސާދާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި ސިޔާސީ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެ، ސަރުކާރާއެކު މަސައްކަތްކުރުމުގެ ދައުވަތު ރައީސް މުއިއްޒު އެ ޕާޓީއަށް ދެއްވާފައިވާ ކަމަށެވެ.
އެ ދައުވަތު ގަބޫލުކޮށް އަދާލަތުން ނިންމާފައިވަނީ، މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް ބައިގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. މީގެއިތުރުން، އަންނަ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާ ރައީސް މުއިއްޒަށް ފުރިހަމައަށް ތާއީދުކޮށް، އެމަނިކުފާނު ހޮވުމަށް މަސައްކަތް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދާލަތު ޕާޓީން ފާހަގަކުރި ގޮތުގައި އެ ޕާޓީގެ އަސާސީ މަގުސަދަކީ އިސްލާމްދީނާއި ގައުމިއްޔަތު ދިފާއުކޮށް، ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމެވެ. އަދި ގައުމުގެ ސިޔާސީ ހަމަޖެހުމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ މިވަގުތު ގައުމުގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow