މާލޭ ޕޯޓުން ތިލަފުއްޓަށް ކޮންޓެއިނަރު ގެންދަން ފީ ނަގަން ފަށައިފި

މާލޭ ޕޯޓުން ތިލަފުއްޓަށް ކޮންޓެއިނަރު ގެންދަން ފީ ނަގަން ފަށައިފި

13 hours ago - 15:43

މާލޭ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނަރު ގެންދިއުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފީ ނަގަން ފަށައިފިއެވެ.

އެމްޕީއެލް އިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، މި މަހުގެ 15 އިން ފެށިގެން މި ހިދުމަތަށް ފީ ނަގަން ވަނީ ފަށައިފަ އެވެ. އެގޮތުން ކަނޑައަޅާފައިވާ އަގުތަކަކީ:

  • 20 ފޫޓުގެ ކޮންޓެއިނަރެއް: 1،500 ރުފިޔާ
  • 40 ފޫޓުގެ ކޮންޓެއިނަރެއް: 3،000 ރުފިޔާ

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން އެކި ހިދުމަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ބަދަލުކުރަމުން އަންނައިރު، މުދަލާ އެކު ކޮންޓެއިނަރު ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ތިލަފުށީ ޕޯޓުގައި ފަށައިފައެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައެއް މާލޭ ޕޯޓުން ކްލިއާ ކުރަން ޖެހުމުގެ ސަބަބުން، އެ ތަން ހިންގަން ޖެހިފައިވަނީ 24 ގަޑިއިރު ހުއްޓުމެއް ނެތް އޮޕަރޭޝަނެއްގެ ގޮތުގަ އެވެ. ނަމަވެސް، 1986 ވަނަ އަހަރު ހިދުމަތް ދޭން ފެށި އެ ބަނދަރުން 2015 އިން ފެށިގެން ހިދުމަތް ދެމުން އަންނަނީ ކެޕޭސިޓީއަށް ވުރެ ތިން ގުނަ އިތުރަށެވެ. މި ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ތިލަފުށީގައި ތަރައްގީކުރާ އާ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ ނޮވެމްބަރު 2027 އަށެވެ.

ބަނދަރުގެ ހިދުމަތްތައް ތިލަފުއްޓަށް ބަދަލުވުމުން މުދާ އެތެރެކުރުމަށް ހިނގާ ހަރަދު ކުޑަވެ، ބާޒާރުގައި ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow