ބޭރުގެ މުއާމަލާތްތަކުގެ ޑޮލަރު ލިމިޓް މަތިކޮށްފި

ބޭރުގެ މުއާމަލާތްތަކުގެ ޑޮލަރު ލިމިޓް މަތިކޮށްފި

ލިމިޓް މަތިކުރީ 500 ޑޮލަރަށް

8 hours ago - 09:39
Jun 30, 2025 - 09:45

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑްތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ޑޮލަރު ލިމިޓް މަތިކޮށްފިއެވެ. ބީއެމްއެލް އިން ލިމިޓް މަތިކުރީ 500 ޑޮލަރަށެވެ. ބޭންކުން ބުނީ މިބަދަލު ގެނައީ މިހާރު ނަގާފީ އިތުރުކުރުމަކާ ނުލައި ކަމަށެވެ.

މިބަދަލު ގެންނަނީ މާދަމާއިން ފެށިގެންނެވެ. މިބަދަލާއެކު ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގެ އޭޓީއެމް ތަކުން ޑޮލަރު ނެގޭ އަދަދު ދަށްކޮށްފައެވެ. މިބަދަލާއެކު އެގޮތަށް ނެގޭނީ 125  ޑޮލަރެވެ. އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދު ވަނީ 10 ޑޮލަރަށް ބަދަލުކޮށްފައެވެ. މިއީ ރާއްޖެއިން ބޭރަށް ނުދާ ފަރާތްތަކުގެ ކާޑް ބޭރަށް ގެންގޮސް ޑޮލަރު ނަގާތީ އެކަން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

ދިވެހިން ޢާއްމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓްތަކުން ވިޔަފާރިކުރުމުން %30 އާހަމައަށް ފީއެއް ނަގަންވެސް ބޭންކުން ވަނީ ނިންމާފައެވެ. މީގެތެރޭގައި ޓީމޫ އާއި ޝެއިން އަދި އަލިއެކްސްޕްރެސް ހިމެނެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow