
ފްލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ހުޅުމާލޭގައި ނިމިފައިވާ 4000 ފްލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލީ މަޖިލިހުގެ ރިޔާސަތުންނެވެ.
ރިޔާސަތުން އެމައްސަލަ ބޭރުކޮށްލީ ފާއިތުވި 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކަށް ނުވާތީއެވެ. ރިޔާސަތުން ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާ ކަމަށެވެ. މެމްބަރު މުޙައްމަދު އިބްރާހީމް އެމައްސަލަ ހުށަހެޅުއްވީ ޖޫން މަސް ނިމުމުގެ ކުރިން ފެލްޓްތަލުގެ ލިޔުންތައް ހަވާލުކޮށް, ޖުލައި ފެށޭއިރު ފްލެޓްތަކަށް ބަދަލުވެވޭނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ވިދާޅުވި ނަމަވެސް އެމަގުން އެކަން ނުދާތީއެވެ.
މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބް ފަހުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ޖުލައި މަހު އެގްރިމަންޓްގައި ސޮއިކުރަން ފަށާ, ޖުލައި މަހު މީހުން ދިރިއުޅެން ފެށޭވަރު ވާނެ ކަމަށެވެ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް 4000 މީހުންނަށް އެފްލެޓްތަކަށް ބަދަލުވެވޭނެ ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ވިދާޅުވެފެވައިވަނީ މުޅިން އަތްދޫކޮށްނުލެވި ހުރި ފްލެޓްތަކުގައިވެސް ކުރަމުން ދަނީ އަސާސީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތް ކަމަށެވެ.
ރިއެކްޝަންސް






