ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީސަފުގައި އަދާލަތު އޮންނާނެ: އިމްރާން

ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީސަފުގައި އަދާލަތު އޮންނާނެ: އިމްރާން

ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީ ސަފުގައި އަބަދުވެސް އަދާލަތު ޕާޓީ އޮންނާނެ ކަމަށް އެޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ

29 days ago - 23:50

ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީ ސަފުގައި އަބަދުވެސް އަދާލަތު ޕާޓީ އޮންނާނެ ކަމަށް އެޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ނަވާރަވަނަ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަދާލަތު ޕާޓީއަކީ ރާއްޖޭގައި ތިންވަނައަށް އުފެދުނު ސިޔާސީ ޕާޓީއެވެ.

ފާއިތުވު 19 އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ނުފޫޒުގަދަ އެއް ޕާޓީގެ ގޮތުގައި ފެނިފައިވާ އަދާލަތު ޕާޓީއަށް އިންތިޚާބުތައް ކާމިޔާބު ކުރުމުގައި މިހާތަނަށް މާ ބޮޑު ކާމިޔާބެއް ލިބިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

އަދާލަތު ޕާޓީގެ އަހަރީ ދުވަހާ ގުޅިގެން އެމް.ޑީ.ޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އަދާލަތުޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ކުރެހުމުގައި މުހިންމު ދައުރެއް އަދާކުރާނެ އަދި މިހާރުވެސް އަދާކުރަމުން އަންނަ ޕާޓީ އެއް ކަމަށާއި ސިޔާސީ މައިދާނަށް އައި ހަލަބޮލި ކަމާއި އޮއިވަރުގެ ތެރޭގައިވެސް މިހާރު ރާއްޖޭގައި ދެވަނައަށް އޮތް އެންމެ ދޮށީ ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

އަދި އެއީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް އެޕާޓީ ފައްކާވެފައިވާ ކަމުގެ ހެއްކެއް ކަމަށް ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަދި މިހާރު ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ޑިމޮކްރެސީ ކުރިއެރުވުމަށާއި ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ތަޖުރިބާހުރި ޕާޓީތައް މުހިންމު ކަމަށާއި އުއްމީދަކީ އަދާލަތު ޕާޓީގެ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ފަހަތަށޤ ނުޖެހި ދެމިއޮތުން ކަމަށްވެސް ކުރީގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަންވެސް ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްވެސް ވަނީ އަދާލަތު ޕާޓީގެ ނާވާރަވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow