އިތުރު 10 މެންބަރަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެއްޖެ

އިތުރު 10 މެންބަރަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެއްޖެ

އެމްޑީޕީގެ އިތުރު 10 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެއްޖެ

8 months ago - 06:26
Jan 16, 2024 - 10:53

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 10 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެއްޖެއެވެ.

މީގެކުރިންވެސް ޕްރައިމަރީއަކާ ނުލައި ވަނީ 36 ފަރާތަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފިއިއެވެ.

ޓިކެޓް ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ ބައެއް މެމްބަރުން ހިމެނެއެވެ.

20 ވަނަ މަޖިލިހަށް ހަ ދާއިރާ އިތުރުކޮށްފައިވާ އިރު، ޖުމްލަ މެމްބަރުންގެ އަދަދު 93 އަށް އަރާނެއެވެ. އެމްޑީޕީން މިފަހަރު 15 ދާއިރާއަކަށް ވާދަނުކުރަށް ވާއިރު އެ ޕާޓީގެ ޕްރައިމަރީ ބާއްވާނީ 33 ދާއިރާއެއްގެއެވެ.

އެމްޑީޕީން މިއަދު ބުނީ ޕްރައިމަރީއަކާއި ނުލާ ޕާޓީ އިތުރު 10 ދާއިރާއަކުން ޓިކެޓް ކަށަވަރުވެފައިވާ ކަމަށެވެ. އެއީ 

1- އަމީން ފައިސަލް – ކަނޑިތީމު ދާއިރާ

2- ސަލީމް ހުސައިން – އިނގުރައިދޫ ދާއިރާ

3- އަލީ ނިޔާޒް – ކުރެންދޫ ދާއިރާ

4- ޝާތިރު އަބްދުއްރަހްމާން – ހުރާ ދާއިރާ

5- ރުގިއްޔާ މުހައްމަދު – ދަނގެތި ދާއިރާ

6- މޫސާ ޝިޔާމް އަބްދުއްރަހްމާން – މުލަކު ދާއިރާ

7- އަބްދުﷲ ޝަރީފް – ގަމު ދާއިރާ

8- އަހްމަދު ސައީދު – ގެމަނަފުށީ ދާއިރާ

9- އަހްމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ

10- އިބްރާހިމް މުއިއްޒު – ހެންވޭރު އުތުރު ދާއިރާ

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.  އެމްޑީޕީގެ ޕުރައިމަރީ މި މަހު 27 ގައި ބޭއްވުމައް ވަނީ ނިންމާފައިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow