އެތްލީޓުންނަށް ހަފްތާއަކު 3 ދުވަހު ތެރަޕީ ނެގޭނެ ގޮތަށް ހަމަޖައްސައިފި
އެތްލީޓުންނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތަށް ހަމަޖައްސައިފި
އެތްލީޓުންނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތަށް ހަމަޖައްސައިފިއެވެ.
ކުޅިވަރު ކުންތެރިންނަށް ފަރުވާ ދިނުމަށް ސޯޝަލް ސެންޓަރުގައި ގާއިމް ކުރި ފެސިލިޓީ ރޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މިއީ ގައުމީ ކުޅިވަރު ތާރީހުގައި ވަރަށް މުހިންމު ދުވަހެއް ކަމަށެވެ.
އެގޮތުން، މިއީ "ގައުމީ އެތުލީޓުންނާއި ކުޅިވަރުގައި ކުރިއަރަމުން އަންނަ އެތުލީޓުން ބޭނުންވާ އެންމެ އަސާސީ އެއް ހިދުމަތް ކަށަވަރުގެންދާ ދުވަސް" ކަމުގައި އޭނާ ސިފަ ކުރެއްވި އެެވެ.
ރާއްޖޭގެ އެތްލީޓުންނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތަށް މާދަމާއިން ފެށިގެން ހަމަޖެހިގެންދާނެ ކަމަށައި އެކަން ކުރުމަށް ހާއްސަ ވެބްސައިޓެއް އިފްތިތާހު ކުރާނެކަމަށް އަބްދުﷲ ރާފިއު ވިދާޅުވިއެވެ.
ރާފިއު ފާހަގަކުރެއްވި ގޮތުގައި، މިރޭ އިފްތިތާހު ކުރީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ހިދުމަތެކެވެ. ނަމަވެސް، "ކުޅިވަރުގެ ދާއިރާއަށް ވޭތުވެދިޔަ ތަނުގައި އަޅާނުލެވި" އޮތުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހިދުމަތެއް އޮތީ ތައާރަފް ނުކުރެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުންތެރީންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި މިނިމަމް މެޑިކަލް ރިކުއަރމަންޓްސް ފެސިލިޓީ ރޭ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރިއެކްޝަންސް