
ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާ, ބޭންކް ބްރާންޗެއްގެ ބިންގާ އަޅައިފި
އއ.ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާ, ބޭންކް ބްރާންޗެއްގެ ބިންގާ އަޅައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑޫއަށް ވަޑައިގެން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ އެމަނިކުފާނެވެ. މިހާތަނަށްވެސް ތޮއްޑޫގައި ރުފިޔާ އޭޓީއެމް ވަނީ ބަހައްޓާފައެވެ. ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ޤާއިމްކުރީ ހަމަ އެއްތަނެއްގައި, ބަނދަރު ސަރަހައްދުގައެވެ.
މީގެއިތުރުން ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ތޮއްޑޫގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއްގެ ބިންގާވެސް އަޅާފައެވެ. ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި ޗެއަރޕަސަން އަހުމަދު އަލީހަބީބާއި, ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ.
ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށެވެ. ގެސްޓްހައުސް އެންމެ ގިނަ ރަށްތަކުގެ ތެރޭގައިވެސް ތޮއްޑޫ ހިމެނެއެވެ. މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް އެންމެ ފުރަތަމަ ބެހެއްޓީ މާފުށީގައެވެ.
ރިއެކްޝަންސް






