ތޮއްޑޫ މާސްޓަރ ޓީޓީ މުބާރާތް ރައީސް ފައްޓަވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ މުބާރާތް ފައްޓަވައިދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ތޮއްޑޫ މާސްޓަރ ޓީޓީ މުބާރާތް ރައީސް ފައްޓަވައިދެއްވައިފި

17 ގައުމަކުން ކުޅުންތެރިން ވާދަކުރޭ

4 hours ago - 17:03
Aug 20, 2025 - 17:03

ތޮއްޑޫ ކައުންސިލާ އިހާ އެކަޑަމީ ގުޅިގެން ތޮއްޑޫގައި ބާއްވާ ބައިނަލްއަޤްވާމީ ވެޓަރެންސް ޓޭބަލް ޓެނިސް މުބާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.

އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ތޮއްޑޫއަށް ވަޑައިގެން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އިހާ އެކަޑަމީ އަކީ ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ކުރީގެ ކުޅުންތެރިޔާ ސީވީޑް އަހުމަދު ލަތީފް އިސްވެ ހިންގަވާ އެކަޑަމީ އެކެވެ. ތޮއްޑޫ ކައުންސިލާ ގުޅިގެން މިމުބާރާތް ބޭއްވުމުގެ މަސައްކަތް ކުރަމުންދާތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

މުބާރާތުގައި 17 ގައުމަކުން ކުޅުންތެރިން ވާދަކުރެއެވެ. މިއީ ސްޕޯރޓްސް ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގައިވެސް މުހިއްމު ފިޔަވަޅެކެވެ. ތޮއްޑޫ އަކީ ލޯކަލް ޓޫރުޒަމްގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ނަމެވެ.

Advertisement
Advertisement

ސީވީޑް ލަތީފް ހިމެނޭހެން ރާއްޖޭގެ ބައެއް ކުޅުންތެރިން ބޭރުގެ ވެޓަރެންސް މުބާރާތްތަކުގައި މިހާރުވެސް ވާދަކުރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow