މެންޗެސްޓަރ ޔުނައިޓަޑް އަތުން އާސެނަލްއަށް ޕޮއިންޓެއް
މެޗުގައި އާސެނަލް އަށް މުހިއްމު ދައުރެއް އަދާކޮށްދިން ރައިސް އަދި ކީޕަރު ރާޔާ. ފޮޓޯ: އާސެނަލް

މެންޗެސްޓަރ ޔުނައިޓަޑް އަތުން އާސެނަލްއަށް ޕޮއިންޓެއް

6 hours ago - 07:23
Mar 10, 2025 - 09:18

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓަޑް އަތުން ލިބުނު ފޮއިންޓާއެކު ލީގު ހޯދުމުގެ ރޭހުގައި އާސެނަލްގެ އުއްމީދަށް ބޮޑު ފަނޑުކަމެއް އަތުވެއްޖެއެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗު ނިމުނީ 1-1 ން އެވަރުވެގެންނެވެ.

ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނީ އާސެނަލްއިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓަޑުން ވަނީ އާސެނަލްގެ މައްޗަށް ލީޑުނަގާފައެވެ. 25 ޔާޑު ދުރުން ނެގި ހިލޭޖެހުން ބްރޫނޯ ފެނާންޑޭޒް ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ފޮނުވާލިއިރު ކީޕަރު ޑޭވިޑް ރާޔާ ހުރީ ނުބައި ޕޮޒިޝަންއެއްގައެވެ.

ނަމަވެސް ރާޔާއަށް ހެދުނު ގޯހުގެ ބަދަލުގައި އޭގެ ކުޑައިރުކޮޅެއްފަހުން ނޮސައިރް މަޒަރޯއީ އަދި ހޯޝުއާ ޒާކްޒީ ފޮނުވާލި ބޯޅަތައް ވަނީ ހުށިޔާރުކަމާއެކު މަތަކޮށް ޔުނައިޓަޑުން އިތުރު ގޯލެއް ޖެހިޔަނުދީ ވަނީ ހިފަހައްޓާއެވެ.

މެޗުގެ 74 ވަނަ މިނިޓްގައި އާސެނަލްއަށް އުއްމީދު ގެނެސްދިނީ ޑެކްލަން ރައިސްގެ ހިތްގައިމު ގޯލުންނެވެ. ޖުރެއިން ޓިމްބާ ނަގައިދިން ބޯޅަ ގޯލާ އަމާޒުކޮށް ރައިސް ފޮނުވާލިއިރު ކީޕަރު އަންދްރޭ އޮނާނާ އަށް ކުރެވޭނެ މާބޮޑުކަމެއްނެތެވެ. ރައިސް ވަނީ ޔުނައިޓަޑްގެ ރަސްމުސް ހޮއިލުންޑް 84 ވަނަ މިނިޓްގައި ހޯދި ފުރުޞަތު ބޭކާރުކޮށްލުވުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ.

Advertisement
Advertisement

ނަތީޖާއާއެކު އާސެނަލް އިން ތާވަލްގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ލިވަޕޫލްއަށްވުރެ 15 ޕޮއިންޓް މަދުކޮށެވެ. ނަމަވެސް އާސެނަލް އަތުގައި އަދި މެޗެއް ނުކުޅެ އެބައޮތެވެ.

ލީގުގައި ބާކީ މަދު މެޗުކޮޅެއް އޮތްއިރު އާސެނަލްއަށް ތައްޓާ ހަމައަށް ދެވެން އޮތް މަގު ކުޅުންތެރިންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާއެކު ވަނީ ހަނިވެފައެވެ. ޙާއްސަކޮށް ޓީމުގެ އެޓޭކުގައި ބޭނުންކުރާ ގިނަ ކުޅުންތެރިން އަނިޔާގައި ތިބިއިރު މި ސީޒަންގައި އާސެނަލްގެ ޑިފެންސް ވެސް ފެންނަނީ ބަލިކަށިކޮށެވެ. ސީޒަންގައި މިހާތަނަށް އާސެނަލް ވަނީ 10 މެޗަކުން އެއްވަރުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow