ޗެމްޕިއަންސް ލީގު: ފަހަތުން އަރާ އޭސީ މިލާން ބަލިކޮށް ލިވަޕޫލަށް ރަނގަޅު ފެށުމެއް
ވެންޑައިކް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ލިވަޕޫލް

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ އޭސީ މިލާން ބަލިކޮށް ލިވަޕޫލަށް ރަނގަޅު ފެށުމެއް

1 day ago - 11:09
Sep 18, 2024 - 13:45

 ފަހަތުން އަރާ އޭސީ މިލާން ބަލިކޮށް, ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ރަނގަޅު ފެށުމެއް ހޯދައިފިއެވެ. މެޗު ލިވަޕޫލުން ކާމިޔާބުކުރީ މިލާނުން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. 

މެޗު ފެށިތާ ތިން ވަނަ މިނިޓްގައި ފުރަތަމަ ގޯލް ޖަހާ އޭސީ މިލާނަށް ކުރި ހޯދައިދިނީ އަލްވާރޯ މޮރާޓާ ތަނަވަސްކޮށްދިން ފުރުޞަތުގައި ކްރިސްޓިއަން ޕުލިސިޗް އެވެ. ޕްރިމިއަރު ލީގުގައި ނޮޓިންގހަމް ފޮރެސްޓް އަތުން ބަލިވި މެޗަށްފަހު ޗެމްޕިއަންސް ލީގާ ކުރިމަތިލާ ކޮޅަށް ފުރަތަމަ ގޯލް ވަނުމުން ލިވަޕޫލަށް ހާސްކަމެއް ކުރިމަތި ވިއެވެ. 

ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ލިވަޕޫލުން ވަނީ މެޗުގެ ފުރިހަމަ ކޮންޓްރޯމް ނަގާފައެވެ. އެލެގްޒެންޑަރ އާނޯލްޑް ނަގައިދިން ހިލޭޖެހުން ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިފެންޑަރު އިބްރަހީމާ ކޮނާޓޭއެވެ. 23 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމުގެ ކުރިން މުޙައްމަދު ޞަލާހް ފޮނުވާލި ބާރު ހަމަލާ ދަނޑިއަށް އަމާޒު ވިއެވެ.

ފުރަތަމަ ހާފް ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް, ލިވަޕޫލްއަށް ލީޑު ނަގައިދިނީ ކެޕްޓަން ވާޖިލް ވެންޑައިކް އެވެ. ކޮސްޓަސް ސިމިކަސް ނަގައިދިން ކޯނަރެއް ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލާ ހާފް ނިމުމުގެ ކުރިން ލިވަޕޫލް ވަނީ ހަމަޖެހިލާފައެވެ.

Advertisement

ތިންވަނަ ގޯލް 67 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަޕްކޯއެވެ. ޑޮމިނިކް ޒޮބޮޒްލާއީ ޖައްސާލި ބޯޅަ ހިފައިގެން ކުރިއަށް އަރާ ގަޕްކޯ ވަނީ ރީތި ގޯލެއް ޖަހާފައެވެ.

ބުދަ ދުވަހުގެ މެޗުގައި ލިވަޕޫލާ އެންމެ ފަހުން ގުޅުނު ފެޑްރީކޯ ޗިއޭސާ ވަނީ ލިވަޕޫލާއެކު އޭނާގެ ފުރަތަމަ މެޗު ކުޅެފައެވެ. 93 ވަނަ މިނިޓްގައި ޗިއޭސާ ކުޅޭން ނިކުތީ ޞަލާޙްގެ ބަދަލުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow