އެކަނިވެރި މައިންނަށްދޭ ޢިނާޔަތް އަންނަ އަހަރު ބޮޑު ކުރަނީ

އެކަނިވެރި މައިންނަށްދޭ ޢިނާޔަތް އަންނަ އަހަރު ބޮޑު ކުރަނީ

އެކަނިވެރި މައިންނަށް 1200ރފ އަދި ފްލެޓް ދެއްވުމަށް ރައީސް ޑރ.މުއިއްޒވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތެރޭގަ ވައުދުވެވަޑައިގެންފަ.

6 months ago - 07:24
Feb 5, 2024 - 21:47
Advertisement

އެކަނިވެރި މައިންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް އަންނަ އަހަރު ބޮޑު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ރަޢިސްގެ ޖަވާބު ޕްރޮގްރާމްގައި އަންހެނަކު ރައީސާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

Advertisement

ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރީ ފުވައްމުލަކު ހޯދަޑަށް ނިސްބަތްވާ ފާތިމަތު އާފިޔާ އަލީ އެވެ. 

އާފިޔާ ރައީސަށް ދެންނެވީ އެކަނިވެރި މައިންނަށްދޭ އިނާޔަތާއި ޔަތީމު ކުދިންނާމެދު ސަރުކާރުގެ ސިޔާސަތާ ގުޅޭ ގޮތުންނެވެ. 

Advertisement

ރައީސް ވިދާޅުވީ އެކަނިވެރި މައިންނަށް ސަރުކާރުންދޭ އިނާޔަތް ބޮޑު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. 

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ޖައްސަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރެއވުމަކީ ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔަތީމު ކުދިންނާއި އެނޫންވެސް މުޖުތަމައުގައި ހަވާސާވެފައިވާ ކުދިންނަށް މީގެ ކުރިން ނުދެވޭ ވަރުގެ ސަމާލުކަމެއް މި ސަރުކާރުން ދެއްވާނެ ކަމަށެވެ. 

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒުވަނީ އެކަނިވެރި މައިންނަށް ސަރުކާރުންދޭ އިނާޔަތް 12000 ރުފިޔާއަށް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

އަދި އެކަނިވެރިމައިންނަށް ފްލެޓް ދެއްވާނެ ކަމަށްވެސް ރައީސް ވަނި އިންތިޚާބުތެރޭ ވިދާޅުވެފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން ޑރ. މުއިއްޒު ވަނީ އާންމު ރައްިޔުންނަށް ސީދާ އެމަނިކުފާނާ ސުވާލުކޮށް ޖަވާބު ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވާފައެވެ. 

އެގޮތުން ރައީސްގެ ޖަވާބުގެ ނަމުގައި މިހާތަނަށް އާންމު ރައްޔިތުންގެ ތެރެއިން ފަސް މީހަކު ކުރި ސުވާލަށް ރައީސް ވަނީ ޖަވާބު ދެއްވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement