
ޣައްޒާ ބަނޑަށްޖެހިއްޖެ ކަން ރަސްމީކޮށް އިއުލާންކޮށްފި
ކާބޯތަކެތި ނުލިބި އަދި.ލިބުމުގެ މަގުތައް ބަންދުވެފައިވާ ޣައްޒާ ބަނޑަށް ޖެހިފައިވާކަމަށް ޔުނައިޓަޑް ނޭޝަންސް (އދ) ގެ ނިޒާމްތަކުން ކަނޑައަޅާފައިވާކަމަށް އެޖަމާއަތުން ރަސްމީކޮށް ފުރަތަމަ ފަހަރަށް މިއަދު އިއުލާންކޮށްފިއެވެ.
ބަނޑަށްޖެހުނުކަން ރަސްމީކޮށް އިއުލާންކުރާނީ އިންޓަގްރޭޓަޑް ފުޑް ސެކިއުރިޓީ ކްލެސިފިކޭޝަން (އައިޕީސީ) ގެ ދަރަޖަ 5 އަށް އެތަނެއްގެ ހާލަތު ވެއްޓުމުންނެވެ. އެއީ އެންމެ ނުރައްކާތެރި އަދި ރިކަވަރ ކުރެވުންދުރު ހާލަތެވެ.
އދ ން ބުނީ ބައި މިލިއަނަށްވުރެ ގިނަ ޣައްޒާގެ ރައްޔިތުން ހައިހޫނުކަމުގެ އިންތިހާގައި ނުރައްކާތެރި ދަރަޖައަކަށް ވެއްޓި އިތުރު އެތައްހާސް ބަޔަކު މި ދަރަޖައަށް ވެއްޓިދާނެކަމަށް އެޖަމާއަތުގެ ނިޒާމްތަކުން ދައްކާފައިވާކަމުގައެވެ.
އައިޕީސީ ގެ މިންގަނޑުތަކުން ޣައްޒާ ބަނޑަށްޖެހިފައިވާކަށް ކަނޑައަޅާފައވާއިރު އެއީ އިޒްރާއިލްގެ އަމަލުތަކުގެ ސަބަބުން ޣައްޒާ ގަސްތުގައި ބަންޑަށް ޖެއްސި ޖެއްސުމެއް ކަމަށް ގްލޯބަލް ހަންގަރ މޮނިޓަރިން ރިޕޯޓްއާ ހަވާލާދީ އެޖަމާއަތުން ވަނީ ބުނެފައެވެ.
"މި ބަނޑަށް ޖެއްސުމަކީ އިޒްރާއިލްގެ ސަރުކާރު އަމަކުތަކުގެ ސީދާ ނަތީޖާ. ހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ޖަރީމާއެެއް" އިޒްރާއިލް އިން ގަސްތުގައި ޣައްޒާ ބަނޑަށް ޖައްސާފައިވާ ކަމަށާއި, ހައިހޫނުކަމުގައި މަރުވާ ކޮންމެ މީހެއްގެ މަރާއެކު އެއީ ހަނގުރާމަގެ ޖަރީމާއެއް ކަމަށްވެސް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވަނީ ވިދާޅުވެފައެވެ.
ދެ އަހަރު ވާންކައިރިވެފައިވާ ޣައްޒާ ޤަތުލްއާންމު ފެށިފަހުން ގައިހޫނުކަމުގައި މިހާތަނަށް ޣައްޒާއިން 271 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭގެ ތެރެއިން 112 އަކީ ކުޑަކުދިންނެވެ.
ޣައްޒާގައި 5 އަހަރުން ދަށުގެ 132,000 ތުއްތު ކުދިން މިހާރުވެސް ތިބީ އެކަށީގެންވާ ކާނާ ނުލިބުމިގެ ސަބަބުން ނިއުޓްރިޝަން މަދުވެ ދިމާވާ އެކި ސިއްހީ މައްސަލަ ތަކުގައި މަރުގެ ތުންފަތްމަތީގައި ކަމުގައި އައިޕީސީގެ ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި އެކަށީގެންވާ ކާނާ ނުލިބި ނުރައްކާތެރި ހާލަތުގައި 55,000 މާބަނޑު އަދި ގާތުން ކިރުދޭ އަންހެނުންވެސް ޣައްޒާގައި ތިބިކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
ނަމަވެސް އިޒްރާއިލްއިން ވަނީ އދ ގެ ރިޕޯޓް ދޮގުކޮށް އެއީ ހަމާސްގެ ދޮގުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ރިޕޯޓެއްކަމަށް ބުނެ ރިޕޯޓް ބަލައިގަނުންނާނެ ކަމަށް ބުނެފައެވެ.
ރިއެކްޝަންސް






