އަފްޣާނިސްތާނުގައި ބަހެއް އެކްސިޑެންޓްވެ 79 މަރު, 19 ކުޑަކުދިންވެސް ހިމެނޭ
އެކްސިޑެންޓްވި ބަސް އަނދާ ހުލިވެފައި. ފޮޓޯ: އޭއެފްޕީ

އަފްޣާނިސްތާނުގައި ބަހެއް އެކްސިޑެންޓްވެ 79 މަރު, 19 ކުޑަކުދިންވެސް ހިމެނޭ

މިއީ އީރާނުން އެނބުރި އައި އަފްޣާނުން ދަތުރުކުރި ބަހަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއް

5 hours ago - 22:29
Aug 20, 2025 - 22:56

އަފްޤާނިސްތާނުގެ ހުޅަނގުގެ ސަރަހައްދެއްގައި ބަހެއް ސައިކަލާކާއި އެކްސިޑެންޓްވެ ހިނގި ހާދިސާއެއްގައި 79 މީހަކު މަރުވެފައިވާކަމަށް ތާލިބާނުންގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނެފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ސަލާމަތްވީ ބަހުން ދަތުރުކުރި މީހުންގެ ތެރެއިން އެންމެ ތިން މީހުންނެވެ.

މި ހާދިސާ ހިނގީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހެރާޓް ޕްރޮވިންސްގެ ގުޒާރާ ޑިސްޓްރިކްޓްގައެވެ. ހާދިސާ ހިނގީ އީރާނުން އެނބުރި އައި އަފްޣާނިސްތާނުގެ ގިނަ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހުގައި ސައިކަލެއްޖެހި ބަހުގެ ތެޔޮޓޭންކުގައި ރޯވުމާ ގުޅިގެންނެވެ.

މަރުވި މީހުންގެ ތެރޭގައި 19 ކުޑަކުދިންވެސް ހިމެނޭކަމަށް ވަގުތީ އިންޓީރިއާ މިނިސްޓަރުގެ ތަރުޖަމާނު އަބްދުލް މަތީން ޤާނީ އާ ހަވާލާދީ މިއަދު ކާބުލްގެ ރިޕޯޓަރުން ބުނެފައި ވެއެވެ.

އަފްޣާނިސްތާނުގެ އަސްކަރީ ހޮސްޕިޓަލްގެ ވެރިޔާ މުޙައްމަދު ޖަނާން މޮގަދާސް ވިދާޅުވީ ހޮސްޕިޓަލަށް ގެނެވުނު ގިނަ ހަށިތައްވަނީ ސިފަ ވަކިކުވާވަރަށް އަނދާފައި ކަމުގައެވެ.

Advertisement
Advertisement

"ބޮޑު އަލިފާންގަނޑެއް އޮތީ. މީހުންތައް ރޮއި ހަޅޭއްލަވަނީ. އެކަމަކު އަހަރެންމެންނަށްވެސް ބަހާ 50 ވަރަކަށް މީޓަރަށްވެސް ކައިރިނުވެވޭ. އެންމެ ތިން މީހުން ސަލާމަތްކުރެވުނީ. އެމީހުންގެ ގައިގައިވެސް ވަނީ އަލިފާން ހިފާ އަނދާފައި" މަންޒަރުދުށް މީހަކު ބުނެފައިވާކަމަށް އޭއެފްޕީން ބުނެފައި ވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އެބަހުން ގިނައިން ދަތުރުކުރީ އަންހެނުންނާއި ކުޑަކުދިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow