ހޯމޫޒް ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފި
ހޯމޫޒް ކަނޑުއޮޅި އޮންނަ ސަރަހައްދު ދައްކުވައިދޭ ފޮޓޯއެއް

ހޯމޫޒް ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފި

ގަލްފް ސަރަހައްދުން ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރޭ މައި މަގުގެ ދޮރާށި 'ހޯމޫޒް' އިން ދުވާލަކު 17 މިލިއަން ފީފާ ތެޔޮ ބޭރުކުރޭ

4 hours ago - 22:52
Jun 22, 2025 - 23:01

ގަލްފުން ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރޭ  މައި މަގުގެ ދޮރާށި 'ހޯމޫޒް ކަނޑުއޮޅި' ބަންދުކުރަން އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ޤަރާރެއް ފާސްކޮށްފިކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިއްމު އެއްމަގު ބަންދުކުރަން އީރާނުން ނިންމީ އިޒްރާއިލްއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ރަސްމީކޮށް ވަދެ އީރާނުގެ ނިއުކްލިއަރ ކާރުހާނާތަަކަށް ރޭ ދިން ހަމަލާގެ ރައްދެއްގެ ގޮތުންނެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ނިންމުން މިހާރުއޮތީ ފަހު ތައްގަނޑު ޖެހުމަށް އީރާނުގެ ސްޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މޭޒުމަތީގައެވެ. އީރާނުގެ ވެރިކަން ހިންގުމުގެ ކަންކަމުގެ އެންމެ ފަހު ބަސް އިއްވާނީ ސްޕްރީމް ކައުންސިލްއިންނެެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު އެސްމައިލް ކޯސަރީ ވިދާޅުވި ގޮތުގައި އެމައްސަލަ މިހާރު އޮތީ ކައުންސިލްގެ އެޖެންޑާގައެވެ. އަދި އެކަން ނިންމަން ޖެހުމުން އެކަންކުރާނެކަމުގައިވެސް ކޯސަރީ ވަނީ ވިދާޅުވެފައެވެ.

Advertisement
Advertisement

ހޯމޫޒް ކަނޑުއޮޅިއަކީ ގަލްފް ސަރަހައްދުން ކަނޑުމަގުން ތެޔޮބޭކުރާ ދުނިޔޭގެ އެންމެ މައި މަގުގެ މައި ދޮރާއްޓެވެ. ތެލުގެ ބޮޑު އެކްޕޯޓް ހިއްސާކުރާ ކުވައިތު, ބަހްރެއިން އަދި ޤަތަރު މަގުގެ އުތުރުގައި އޮތްއިރު ދެކުނުގައި އޮތް އޮމާން އާއި ޔޫއޭއީ ގެ މެދުގައި އޮތީ އީރާންއެވެ. މިއީ ގާތްގަނޑަކަށް ދުނިޔޭގެ ބާޒަރަށް ނެރޭ ތެލުގެ 20 އިންސައްތަ ހިއްސާކުރާ ސަރަހައްދެވެ. 

ދުނިޔޭގެ ހަކަތައިގެ ސިނާއަތުގެ ބޮޑު އިންސައްތައަކަށް ބޭނުންވާ 17 މިލިއަން ފީފާގެ ތެޔޮ ކޮންމެ ދުވަހަކުވެސް މި ކަނޑުއޮޅު ހުރަސްކޮށް ބާޒާރަށް ނެރެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow