ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އިބޫ ނިންމަވައިފި
ކުރީގެ ރައީސް ޞާލިހު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އިބޫ ނިންމަވައިފި

6 hours ago - 22:58
Jun 22, 2025 - 22:58

ރިޔާސީ ޓިކެޓް ހޯދުމަށް އެމްޓީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ނިންމަވައިފިއެވެ. އެކަން އެމަނިކުފާނުގެ ފަރާތްޕުޅުން އިއުލާނުކުރެއްވީ މިރޭ އެމަނިކުފާނުގެ އިސް ސަޕޯޓަރުންގެ ބައްދަލުވުމެއްގައެވެ.

އެކަން އިއުލާނުކުރެއްވުމާ ހަމައަށްވެސް ކުރީގެ ރައީސް އިބޫގެ ހަރަކާތްތަކާއި, އަރިސް ބޭފުޅުންގެ ވާހަކަތައް ހުރީ ކުރިއަށް އޮތް ދައުރުގައިވެސް ވާދަކުރައްވާނެ ގޮތަށެވެ. އަދި އެފަދަ ނުސީދާ އިޝާރާތްތައް ވަނީ ދެއްވާފައެވެ. އަދި ވާދަނުކުރައްވާނެ ކަމަށް އެންމެ ފަހަރަކުވެސް ވިދާޅެއް ނުވެއެވެ.

ނަމަވެސް އިބޫ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިއިއުލާނުކުރެއްވީ ކުރީގެ ރައީސް ނަޝީދު މާދަމާރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސްކަން ކުރެއްވި ނަޝީދު އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކުރިން ޕްރައިމަރީގައި އިބޫއާ ވާދަކުރައްވާ ކުރިމަތިވި ނާކާމިޔާބީއަށްފަހުއެވެ. ނަޝީދުއާއި އެމަނިކުފާނުގެ ސަޕޯޓަރުން ތުހުމަތު ކުރެއްވީ ރިޔާސީ ޕްރައިމަރީ އޮޅުވާލެއްވީ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައެވެ. އަދި ނަޝީދުވެސް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow