އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު ރައީސްގެ ދަރިކަލުން  އުމައިރު ހާސިލުކޮށްފި
ސްޕޯޓްސް އެވޯޑްސް: ފޮޓޯ- ރައީސް އޮފީސް

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު ރައީސްގެ ދަރިކަލުން އުމައިރު ހާސިލުކޮށްފި

2 hours ago - 11:33
Feb 16, 2026 - 11:34

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024" ގައި، އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން މުޙައްމަދު އުމައިރު މުޢިއްޒަށް ލިބިއްޖެއެވެ.


އުމައިރު މުޢިއްޒަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ހުނަރުވެރި ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިއެކެވެ. އޭނާ މި އެވޯޑަށް ނޮމިނޭޓުވެފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ޓޭބަލް ޓެނިސް ކުޅިވަރުން ހޯދާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށެވެ.


ޤައުމީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އުމައިރު މި އެވޯޑަށް ނޮމިނޭޓު ކުރީ، 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު އެކި މުބާރާތްތަކާއި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބޭރުގެ މުބާރާތްތަކުގައި އޭނާ ދައްކާފައިވާ މޮޅު ކުޅުމަށާއި ހޯދާފައިވާ ރަންވަނަތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ.


މި އެވޯޑަކީ އުމައިރު ޓޭބަލް ޓެނިސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ކުރަމުންދާ މަސައްކަތާއި، އެ ކުޅިވަރުގައި ހޯދަމުންދާ ކުރިއެރުންތަކަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" އަކީ ދިވެހި ކުޅިވަރުގެ އާއިލާގެ އެންމެ ޝަރަފުވެރި އެއް ހަފުލާއެވެ.

Advertisement
Advertisement

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow