ސައުތު އެފްރިކާގެ ސަފީރުކަމުގެ ފަތްކޮޅު ޑރ. ހާލާ ރައީސް ރަމަފޯސާއަށް އަރުވައިފި

ސައުތު އެފްރިކާގެ ސަފީރުކަމުގެ ފަތްކޮޅު ޑރ. ހާލާ ރައީސް ރަމަފޯސާއަށް އަރުވައިފި

13 hours ago - 16:03
Advertisement
Advertisement

ދިވެހިރާއްޖެއިން ސައުތު އެފްރިކާއަށް ކަނޑައެޅި އައު ނޮން-ރެސިޑެންޓް ހައިކޮމިޝަނަރު ޑރ. ހާލާ ހަމީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މަތަމެލާ ސިރިލް ރަމަފޯސާއަށް މިއަދު އަރުވައިފިއެވެ.

ސައުތު އެފްރިކާގެ ޕްރިޓޯރިއާގައި ހުންނަ ސެފަކޯ މަކްގާތޯ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް ރަމަފޯސާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ޑރ. ހާލާ ވަނީ އަރިސްކުރައްވާފައެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނަރު ދެއްވިއެވެ. އަދި ދެ ފަރާތަށް ވެސް ލާބަހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ސައުތު އެފްރިކާގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން އެކަމަނާ ހާމަކުރެއްވިއެވެ.

ސައުތު އެފްރިކާއަށް ރާއްޖެއިން ސަފީރަކު އައްޔަންކުރުމަކީ އެފްރިކާ ބައްރުގައި ރާއްޖޭގެ ހާރިޖީ ދައުރު ފުޅާކޮށް، އެ ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ދޭ ހާއްސަ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ.

މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރުގެ އަރިހުގައި ރާއްޖޭގެ ހާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުގެ ހައިސިއްޔަތުން، މި މަގާމުގެ މަސްއޫލިއްޔަތުތައް ޑރ. ހާލާ އަދާކުރައްވާނީ ރާއްޖޭގައި ހުންނަވައިގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement