ހައްޖު ހިދުމަތްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހައްޖު ހިދުމަތްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

2 hours ago - 11:12
Advertisement
Advertisement

ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް ހިދުމަތް ދިނުމާ ގުޅޭ އަހަރީ އެއްބަސްވުމުގައި ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސޮއިކޮށްފިއެވެ.

ސައޫދީގައި ބޭއްވި 6 ވަނަ ހައްޖު ކޮންފަރެންސްގެ ތެރެއިން މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުހައްމަދު ސައީދެވެ. ސައޫދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް ފައްތާހް މަޝާތެވެ.

ކޮންމެ އަހަރަކު ވެސް ވެވޭ މި އެއްބަސްވުމަކީ ހައްޖު އަޅުކަމުގެ އިންތިޒާމުތައް ދެ ގައުމު ގުޅިގެން ކުރިއަށްގެންދާނެ މައިގަނޑު އުސޫލުތައް ކަނޑައަޅާ މުހިންމު ލިޔުމެކެވެ.

ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނައިރު، ފާއިތުވި ދެ އަހަރަކީ ރާއްޖޭގެ ހައްޖު އިންތިޒާމުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ދުވަސްވަރެކެވެ. އޭގެ ތެރޭގައި ވެލާނާ އެއާޕޯޓުން ދަތުރުގެ މަރުހަލާތައް ފަސޭހަކޮށްދޭ "މައްކާ ރޫޓް" ތައާރަފުކުރުމާއި، މިނާއާއި އަރަފާތުގައި ހައްޖާޖީން ތިބޭ ޓެންޓުތަކުގެ ހިދުމަތްތައް އިހުނަށްވުރެ ރަނގަޅުކުރުން ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement