ރައީސްގެ އެސްޓޯނިޔާ ދަތުރަށް ޚަރަދުވީ 1.4 މިލިއަން ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިޔާގައި އެގައުމުގެ ރައީސްގެ އަރިހުގައި: ފޮޓޯ-ރައީސް އޮފީސް

ރައީސްގެ އެސްޓޯނިޔާ ދަތުރަށް ޚަރަދުވީ 1.4 މިލިއަން ރުފިޔާ

1 year ago - 17:15
Feb 2, 2025 - 17:15
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެސްޓޯނިޔާ އަށް ކުރެއްވި ދަތުރުފުޅަށް ޚަރަދުވީ 1.4 މިލިއަން ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށް ކުރައްވާ ހޭދަ އިސްވެ ހާމަކުރަމުންނެވެ. އެގޮތުން އެސްޓޯނިޔާ ދަތުރަށް ޚަރަދުކުރެއްވި ސީދާ އަދަދަކީ 1,371,069.18 (އެއް މިލިއަން ތިންލައްކަ ހަތްދިހަ އެއްހާސް ފަސްދޮޅަސް ނުވަ ރުފިޔާ އަށާރަ ލާރި) އެވެ. ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިޔާއަށް ވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހުގެ13-17 އަށެވެ. މިއީ ރާއްޖޭގެ ރައީސްއަކު އެސްޓޯނިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިޔާއަށް ވަޑައިގެންނެވީ އެގައުމުގެ ރައީސްގެ ދައުވަތަކަށެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިޔާގެ ރައީސްއާ ބައްދަލުކުރެއްވިއެވެ. އަދި ބައެއް ވަޒީރުންނާވެސް ބައްދަލުކުރެއްވިއެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement