މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް ދިނުމަށް މާރޗް 15 ގެ ނިޔަލަށް މުއްދަތު ދީފި
ބިދޭސީންގެ ހަރަކާތްތައް ދަނީ މޮނިޓަރ ކުރަމުން: ފޮޓޯ-މޯލްޑިވްސް އިމިގްރޭޝަން

މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް ދިނުމަށް މާރޗް 15 ގެ ނިޔަލަށް މުއްދަތު ދީފި

4 hours ago - 11:15
Feb 2, 2025 - 11:15
Advertisement
Advertisement

މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް ދިނުމަށް މާރޗް 15 ގެ ނިޔަލަށް މުއްދަތު ދީފިއެވެ. ހޯމްލޭންޑް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދު (މާލެ, ހުޅުމާލެ ފޭސް 1, ފޭސް 2, ވިލިމާލެ, ތިލަފުށި, ގުޅިފަޅު) ގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަންނަ މާރޗް މަހުގެ 15 ގެ ކުރިން ދޭން ޖެހޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން އެމުއްދަތުގައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމަންޖެހޭނެ ކަމަށެވެ. އެމުއްދަތުގައި އެކަންކޮށް ނުނިންމައިފި ނަމަ އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް މިނިސްޓްރީންގެ ބަޔާނުގައި ބުނެފައިވެއެވެ.

ބައޯމެޓްރިކްސް (ފިންގަރޕްރިންޓް, ފޮޓޯ) އަޕްޑޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދަންޖެހެނީ ޑިޕާރޓްމަންޓް އޮފް ފޮރިންގ ލޭބަރއާ ގުޅިގެންނެވެ. މާލެ ސަރަހައްދުގައި ބައޯމެޓްރިކްސް ނެގުމުގެ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓް ކުރަނީ އެންސީއައިޓީ އާއި ކުރަނގި އޮޕަރޭޝަނަށް ޚާއްޞަކޮސްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުންނެވެ. ސެންޓަރުގެ ޚިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00-22:00 އަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement