އަލީ ޒާހިރު މަޖިލީހުގެ ފެލިދޫ ދާއިރާއަށް ކުރިމަތިލައްވަނީ

އަލީ ޒާހިރު މަޖިލީހުގެ ފެލިދޫ ދާއިރާއަށް ކުރިމަތިލައްވަނީ

އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރު ވ. ފެލިދޫ ދާއިރާއަށް ކުރިމަތިލައްވާނެކަން ހާމަ ކުރައްވައިފި

10 months ago - 23:46
Jan 1, 2024 - 15:43

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރު ވ. ފެލިދޫ ދާއިރާގެ މެންބަރުކަމަށް ކުރިމަތި ލެއްވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވައިފިއެވެ.

އަލީ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ.ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެދާއިރާއަށް ވާދަކުރުމަށް ގަސްތުކުރައްވާ ކަމަށެވެ.

ކުރީގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ ދާއިރާގެ ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަލީ ޒާހިރު މަޖިލީހަށް ވާދަކުރައްވަނީ ކޮން ޕާޓީއަކުން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރައްވަން ފެއްޓެވި ފަހުން އަލީ ޒާހިރު ފެނިފައިވަނީ އޭނާ މަސައްކަތް ކުރެއްވި އަދާލަތު ޕާޓީގެ ހަރަކާތްތަކާ ދުރު ބޭފުޅެއްގެ ގޮތުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow