ޝެފީލްޑް އަތުން ސިޓީ އަށް ފަސޭހަ މޮޅެއް

ޝެފީލްޑް އަތުން ސިޓީ އަށް ފަސޭހަ މޮޅެއް

ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް އިނގިރޭސި ޕްރީމިއާ ލީގު ތާވަލްގެ 3 ވަނަ އަހަށް މެންޗެސްޓަރ ސިޓީން ޖެހިލައިފި

8 months ago - 23:27
Dec 30, 2023 - 23:28

ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް އިނގިރޭސި ޕްރީމިއާ ލީގު  ތާވަލްގެ 3 ވަނަ އަހަށް މެންޗެސްޓަރ ސިޓީން ޖެހިލައިފިއެވެ.

ސިޓީ މިއަދުގެ މެޗު ކާމިޔާބު ކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

މުޅި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައި ހަމަލާ އުފެއްދި ސިޓީން ފުރަތަމަ ގޯލު ޖެހީ މެޗުގެ 14 ވަނަ މިނިޓުގައި ރޮޑްރީ އެވެ. ރޮޑްރީ ވަނީ އޭގެ އިތުރުންވެސް ނުރައްކާތެރި އެތައް ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އެހެން ނަމަވެސް ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރުވަނީ އެހަމަލާތައް ދިފާއުކޮށްފައެވެ.

ސިޓީގެ ލީޑު ފުޅާކޮށް ދެވަނަ ގޯލުޖެހީ މެޗުގެ ދެވަނަ ހާފުގައެވެ.

Advertisement

މިލަނޑު އެޓީމަށް ޖަހައިދިނީ އަލްވަރޭޒް އެވެ.

އިނގިރޭސި ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެސްޓަންވިލާ ވަނީ ބާންލީގެ މައްޗަށް 3 ލަނޑު 2 ލަނޑުން ކުރި ހޯދާފައެވެ.

މީގެ އިތުރުން ކްރިސްޓަލް ޕެލަސް އިންވަނީ ބްރެންޓްފޯޑު 3 -1 އިން ބަލި ކޮށްފައެވެ.

އަދި ވޮލްވަހެމްޓަން ވަނީ ސީދާ 3 – 0 އިން އެވަޓަން ބަލިކޮށްފައެވެ.

މި ނަތީޖާތަކާއެކު އިނގިރޭސި ލީގުގެ އެއްވަނަ ލިވަޕޫލްއަށް ލިބެނީ ގޯލްގެ ތަފާތުންނެވެ. އެއްވަނައިގަ އޮތް ލިވަޕޫލަށާއި 2 ވަނައިގަ އޮތް އެސްޓަން ވިލާއަށްވެސް ލިބިފައިވަނީ 42 ޕޮއިންޓެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow