
ޔޫސީއެލް ޕްލޭއޯފް: ފަހުވަގުތުގެ ގޯލާއެކު ބަޔާން ދެވަނަ ބުރަށް, ގޯސްތަކެއް ހެދި އޭސީ މިލާން ކަޓައިފި
ޔުއެފާ ޗެމްޕްޕިއަންސް ލީގުގެ ޕްލެއޯފްގެ ދެވަނަ ލެގުގަގައި ބަޔާން މިއުނިކުން ފަހުވަގުތު ކާމިޔާބުކުރި ގޯލާއެކު 1-1 ން އެއްވަރުވެ 3-2 ގެ އެގްރެގޭޓުން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ނަމަވެސް މުބާރަތުގެ ކުރީގެ މެޗުތަކުގައިވެސް ގޯސްތަކެއްހެދި ރޭގެ މެޗުން 1-1 ން ފެޔެނޯޑް އާ އެއްވަރުވެ ހަތް ފަހަރު މުބާރާތުގެ ޗެމްޕިއަންކަންހޯދި މިލާން ވަނީ މުބާރާތުން ކަޓާފައެވެ.
ސެލްޓިކް އާ ބަޔާން ބައްދަލު ކުރި މެޗުގައި ބާޔާނުގެ ގޯލް މެޗުގެ ފުރިހަމަ ވަގުތުނިމި އިތުރުވަގުތުގެ 4 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަލްފޮންސޯ ޑޭވިސްއެވެ. ސެލްޓިކްގެ ގޯލްމެޗުގެ 63 ވަނަ މިނިޓްގައި ކާމިޔާބުކުރީ ނިކޮލަސް ކުންއެވެ. މެޗުގެ ފުރަތަމަ ހާފުގައިވެސް ސެލްޓިކުން ގޯލްޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ.
ބަޔާނުގެ ދަނޑުގައި ކުޅުނު ޕްލޭއޯފްގެ ފުރަތަމަ މެޗު ބަޔާން ކާމިޔާބުކުރި 2-1 ންނެވެ.
މެޗުގައި ބަޔާންގެ ހަމައެކަނި ގޯލް ޖަހައިދިން 24 އަހަރުގެ ކުޅުންތެރިޔާ ދާދިފަހުން އޭނާގެ އެއްބަސްވުން ވަނީ 2030ވަނަ އަހަރާ ހަމައަށް ބަޔާނާއެކު އިތުރުކޮށްފައެވެ.
ސެން ސީރޯ ސްޓޭޑިއަމްގައި އޭސީ މިލާން އާއި ފެޔެނޯޑް ބައްދަލުކުރި މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކުރީވެސް އޭސީ މިލާން އެވެ. މެޗުގެ ފުރަތަމަ މިނިޓްގައި ގޯލް ކާމިޔާބުކޮށްދިނީ ސެންޓިއޭގޯ ޖިމިނެޒް އެވެ. ކުރީގެ ކްލަބާދެކޮޅަށް 36ވަނަ ސިކުންތުގައި ޖެހި އެ ގޯލަކީ މިސީޒަންގެ ޗެމްޕިއަންސްލީގުގެ އެންމެ އަވަސް ގޯލެވެ.
ވަގުތީ ކޯޗު ފަސްކަލް ބޮސްޗާޓްގެ އިރުޝާދުގެ ދަށުން ކުޅުނު ފެޔެނޯޑަށް ނަތީޖާ އެއްވަރުކުރީ ހޫލިއަން ކެރެންޒާއެވެ. މެޗުގެ 73 ވަނަމިނިޓްގައި ހޫގޯ ބުއޭނޯ ނަގައިދިން ހުރަސް ގޯލަށް އަމާޒުވުމާއެކު މައްސަލަ ތަކެއްގެ ތެރޭގައި އޮތް މިލާންއަށް ޕްރެޝްރު ބޮޑުވިއެވެ.
އެއީ މެޗުގެ 51 ވަނަ މިނިޓްގައި އޭސީ މިލާންގެ ފުލްބެކް ތެއޯ ހެނާންޑޭޒްއަށް 10 މިނިޓް ތެރޭގައި ދެ ރީނދޫކާޑު ހަމަވެ ރަތްކާޑަކާ އެކު މެޗުދޫކޮށް ދާންޖެހި 10 ކުޅުންތެރިންނާއެކު ކުޅުންދިޔަ މިލާން އުނދަގޫ ހާލަތެއްގައި ވަނިކޮށެވެ.
ފުރަތަމަ ލެގުގައި ފާއިތުވި ހަފުތާގައި މިލާން ފެޔެނޯޑް އަތުން ބަލިވީ 1-0 ންނެވެ.
މެޗަށްފަހު މިލާންގެ ކޯޗު ސާޖިއޯ ކޮންސެއިކާއޯ ވަނީ މުބާރަތުން ކެޓުމުގެ ޒިންމާ ނަގާފައެވެ. އަދި އޭނާއަށް ގޯސްތަކެއް ހެދުނު ކަމަށް އެބަސްވެފައެވެ.
"އަހަރެން މި ބަލީގެ ޒިންމާ ނަގަން. އަހަރެމެން ނަފްސާނީގޮތުން މިއަށްވުރެ އަސްލު ރަނގަޅުވާން ވާނެ. ކެޓުމުގެ ޒިންމާ އަހަރެން ނަގަން. އެކަމުގެ ޒިންމާ ތެއޯ ނޫނީ އެހެން މީހަކު ނަގާކަށް ނުޖެހޭނެ. ތެއޯ މިލާނަށްޓަކައި ބައިވަރު އެއްޗެހިދިން" ތެއޯ ހެނާންނޑޭޒް ދިފާއުކޮށް ކޯޗު ވާހަކަދެއްކިއެވެ.
ދެވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. ގުރުއަތުން ޖެހޭ ގޮތަކުން އަންނަ މަހު ފެޔެނޯޑް ބައްދަލުކުރަން ޖެހޭނީ އިންޓަރ މިލާން ނުވަރަ އާސެނަލް އާއެވެ.
ރިއެކްޝަންސް






