ފަހަތުން އަރާ މަޔޯކާ އަތުން ރެއާލް އަށް ހަނި މޮޅެއް
މެޗުގައި ރެއާލް އަށް ލަނޑު ޖަހައިދިން ދެ ކުޅުންތެރިން: ފޮޓޯ-ރެއާލް މެޑްރިޑް

ފަހަތުން އަރާ މަޔޯކާ އަތުން ރެއާލް އަށް ހަނި މޮޅެއް

22 hours ago - 09:29
Aug 31, 2025 - 11:23

ސްޕެނިޝް ލަލީގާގައި ފަހަތުން އަރާ މަޔޯކާ އަތުން ރެއާލް މެޑްރިޑް ހަނި މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް މެޗު ކާމިޔާބުކުރީ 2-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ 18 ވަނަ މިނިޓްގައި ކުރި ހޯދީ މަޔޯކާ އިންނެވެ. އެއީ މުރިގީގެ ލަނޑުންނެވެ. އޭގެކުރިން އެމްބާޕޭ ޖެހި ލަނޑެއް ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމިއެވެ.

ރެއާލްއިން ނަތީޖާ ހަމަހަމަ ކުރީ 37 ވަނަ މިނިޓްގައި ގުލާ ޖެހި ލަނޑުންނެވެ. އެއީ ޑިފެންޑަރ ޑީން ހުސެން ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ލީޑް ނެގީ ޖެހިގެން އައި މިނިޓްގައި ވިނީޝިއުސް ޖޫނިއަރގެ ލަނޑުންނެވެ. ވިނީ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ފެޑެރީކޯ ވަލްވާޑޭ އެވެ. އެމްބާޕޭ ރެއާލްއަށް ތިންވަނަ ލަނޑެއް ޖަހައިދިން ނަމަވެސް މިފަހަރުވެސް ވީއޭއާރުން ބެލުމަށްފަހު ނިންމީ އޮފްސައިޑް ކަމަށެވެ. ގުލާ އަތުގައި ބޯޅަ ޖެހިގެންވެސް ރެއާލްއިން ޖެހި ލަނޑެއް ބަލައި ނުގަނެ ރެފްރީ ދޫކޮށްލިއެވެ.

ރެއާލް އޮތީ ތިން މެޗުންވެސް މޮޅުވެ ތާވަލްގެ އެއްވަނައިގައެވެ

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow