 
                                    އާޖެންޓީނާ ކުޅުންތެރިން ފްރާންސް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރުމުގެ ބަދަލު އޮލިޕިކްސްގައި!
އާޖެންޓީނާ ބަލިކޮށް ސެމީއަށް ދަތުރުކުރީ ފްރާންސް
އާޖެންޓީނާ ކުޅުންތެރިން ފްރާންސް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރުމުގެ ފްރާންސް ސަޕޯޓަރުން އޮލިމްޕިކްސްގައި ބަދަލު ހިފައިފި އެވެ.
ކޮޕަ އެމެރިކާ ކާމިޔާބުކުރުމަށްފަހު އާޖެންޓީނާ ކުޅުންތެރިން ވަނީ ފްރާންސަށް ކުޅެމުންދާ އެފްރިކާ ބައްރުގެ ކުޅުންތެރިންނަށް ނިސްބަތްވާ ލަވައެއް ކިޔާ ނަސްލީ ގޮތުން ދިމާކޮށްފައެވެ. އެމައްސަލަ ބޮޑުވެ މައާފަށް އެދުނު ނަމަވެސް, އޮލިޕިކްސް ފުޓްބޯޅަ އިވެންޓްގައި ފްރާންސް ސަޕޯޓަރުން ވަނީ އެކަމުގެ ބަދަލު ހިފާފައެވެ. ފިރިހެން ޑިވިޝަންގެ ކްއާޓާ ފައިނަލްގައި ވާދަކުރަން ޖެހުނީ ފްރާންސާއި އާޖެންޓީނާއެވެ. މެޗުގެ ކުރިން އާޖެންޓީނާގެ ގައުމީ ސަލާމް ކިޔަމުން ދިޔައިރު ފްރާންސް ސަޕޯޓަރުން ވަނީ އަޑުއުފުލާފައެވެ. ފްރާންސް ސަޕޯޓަރުންގެ ތެރޭގައި ފުޓްބޯޅަ ނޫން އެހެން ބައެއް ކުޅުންވަރުތަކުގެ ފްރާންސް އެތްލީޓުންވެސް ހިމެނެއެވެ. ނަތީޖާއަކީ މެޗުގެ ފަހު ކަށިގަނޑާއެކު ދެޓީމްގެ ސަޕޯޓަރުންގެ ފަރާތުން ކޮންމެސްވަރެއްގެ ހަމަނުޖެހުމެއް ހިނގުމެވެ. އެކަމުގައި ބައެއް އޮފިޝަލުންވެސް ޝާމިލްވިއެވެ.
މެޗު 1-0 ން ކާމިޔާބުކޮށް ސެމީފައިނަލަށް ދަތުރުކުރީ ފްރާންސެވެ. ފްރާންސް ބަލިކޮށް 2022 ވަނަ އަހަރުގެ ވަރލްޑް ކަޕް ހޯދީ އާުޖެންޓީނާއެވެ. އޮލިމްޕިކްސް ސެމީފައިނަލްގައި ފްރާންސް ވާދަކުރާނީ މިސްރާއެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    

 
                                                                                                                                             
                                                                                                                                             
                                                                                                                                            
