އަލްވަރޭޒް އަކީ އަހަރެމެންގެ ކުޅުންތެރިއެއް، އޭނާ ޓީމާ ގުޅޭނެ- ގާޑިއޯލާ
ައަލްވަރޭޒް ކްލަބްގައި ހުންނާނެ: ފޮޓޯ-މެންޗެސްޓަރ ސިޓީ

އަލްވަރޭޒް އަކީ އަހަރެމެންގެ ކުޅުންތެރިއެއް، އޭނާ ޓީމާ ގުޅޭނެ- ގާޑިއޯލާ

މިވަގުތު ހުރީ ޗުއްޓީގައި

1 month ago - 11:57
Aug 5, 2024 - 12:13

އަލްވަރޭޒް އަކީ މެންޗެސްޓަރ ސިޓީގެ ކުޅުންތެރިއެއް ކަމަށާއި, އޭނާ ޓީމާ ގުޅޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. ގާޑިއޯލާ މިފަދައިން ބުނެފައި މިވަނީ އަލްވަރޭޒް ކްލަބް ބަދަލުކޮށްފާނެ ކަމުގެ ވާހަކަތަކާ ގުޅޭގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރާތީއެވެ.

އާސީޒަނަށް ތައްޔާރުވާން އެމެރިކާއަށް ކުރި ދަތުރުގައި ސިޓީން ކުޅުނު އެންމެ ފަހު މެޗަށްފަހު ގާޑިއޯލާ ބުނީ އެކަމާ ބެހޭގޮތުން ބުނާނެ އިތުރު އެއްޗެސް ނެތް ކަމަށާއި, އަލްވަރޭޒް ޓީމާ ގުޅޭނެ ކަމަށެވެ. އެކަމަކު މިވަގު މިއީ އަލްވަރޭޒް އަރާމް ކުރަންވީ ވަގުތު ކަމަށާއި, ޓީމާ ގުޅެންވެއްޖެކަން އަމިއްލައަށް އިހުސާސްކުރެވުމުން އެނބުރި އަންނަންވީ ކަމަށް ގާޑިއޯލާ ބުންޏެވެ. އާސީޒަނަށް ތައްޔާރުވާން ސިޓީން ކުރި އެއްވެސް ޕްރެކްޓިސްއެއްގައި އަދި ދަތުރެއްގައިވެސް އަލްވަރޭޒް ބައިވެރި ނުވެއެވެ. ފުރަތަމަ އާޖެންޓީނާ ގައުމީ ޓީމާއެކު ކޮޕަ އެމެރިކާގައެވެ. އަދި އޭގެފަހުން އޮލިމްޕިކްސްގައި ވާދަކުރި އާޖެންޓީނާ ޓީމާއެކުއެވެ. އަލްވަރޭޒްއަކީ އެދެޓީމްގެ ވެސް މުހިއްމު ކުޅުންތެރި އެކެވެ. އޭނާ ވަނީ އާޖެންޓީނާއާއެކު ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައެވެ. ނަމަވެސް އޮލިމްޕިކްސް ސެމީފައިނަލްގައި ފްރާންސް އަތުން ބަލިވީއެވެ.

"އޭނާ (އަލްވަރޭޒް) ޓީމާ ގުޅުމުން އަހަރެން އޭނާ ގައިގަ ބައްދާލާނަށް, މަރުހަބާ ކިޔާނަން. ކޮޕަ އެމެރިކާ ކާމިޔާބުކުރުމުން އަދި އޮލިމްޕިކްސްގެ ނަތީޖާއަށް. އެކުގައި އަނެއްކާވެސް މަސައްކަތް ފަށާނަން." - ގާޑިއޯލާ

އަލްވަރޭޒް އަށް ސިޓީގައި ކުޅުމުގެ ވަގުތު އެކަށީގެންވާ މިންވަރަށް ލިބުނަސް ބޮޑަތި މެޗުތަކުގައި ކުޅެން ލިބޭ ވަގުތު އިތުރުކުރަން އޭނާ ބޭނުންވެއެވެ. އެހެންކަމުން ކުރިމަގާމެދު އެހެން ވިސްނުމެއް ގެންގުޅޭ މޭރުމުން އަލްވަރޭޒް ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުންނެވެ. ފްރާންސްގެ ޕީއެސްޖީން ވެސް އަލްވަރޭޒް ބޭނުން ވެއެވެ.

Advertisement

އާސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓަރ ސިޓީ ވާދަކުރާނެއެވެ. އެމެޗުގައި ވާދަކުރާނީ އެފްއޭކަޕް ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow