އެލް.ޖީ.އޭގެ ސީ.އީ.އޯއަކަށް ނިމާލް

އެލް.ޖީ.އޭގެ ސީ.އީ.އޯއަކަށް ނިމާލް

ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލް.ޖީ.އޭގެ ސީ.އީ.އޯގެ މަގާމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަންވެސް ކުރިން ކުރެއްވި ނިމާލް އައްޔަނު ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ. މަރްޔަމް ޒުލްފާ ވަކިކުރެއްވުމަށްފަހު

1 month ago - 11:39

ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލް.ޖީ.އޭގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމަށް މާލެ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ނިމާލް އައްޔަނު ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަގާމަށް ނިމާލް އައްޔަނު ކުރައްވައި އެކަމުގެ ލިޔުން ހަވާލް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ނިމާލްގެ އެމަގާމަށް އައްޔަނު ކުރައްވާފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި ޑރ. މަރްޔަމް ޒުލްފާ ވަކި ކުރެއްވުމަށްފަހުގައެވެ.

މީގެ ކުރިން މުޙައްމަދު ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ.

އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުވެސް މުޙައްމަދު ނިމާލު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަޤާމުވެސް އަޙްމަދު ނިމާލް ވަނީ ފުރުއްވާފައެވެ.

މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow