ހުޅުމާލޭގައި ތަރައްޤީކުރި އެމްޓީޑީސީގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭގައި ތަރައްޤީކުރި އެމްޓީޑީސީގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

5 hours ago - 09:43
Advertisement
Advertisement

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އައު އޮފީސް އިމާރާތް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.


މިކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އެ އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނެވެ. މި ރަސްމިއްޔާތުގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި، އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ހިއްސާދާރުން ބައިވެރިވެވަޑައިގެންނެވިއެވެ.


ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކު ކުރިމައްޗަށްވާ ގޮތަށް ބިނާކޮށްފައިވާ މި އިމާރާތަކީ 6،195.27 އަކަފޫޓުގެ ބިމެއްގައި، 3،345 އަކަފޫޓުގެ ޖާގައެއްގައި ގާއިމުކޮށްފައިވާ 11 ފަންގިފިލާގެ ޒަމާނީ އިމާރާތެކެވެ. މިއީ ރާއްޖޭގައި މިހާރު ހުންނަ އާންމު އޮފީސް އިމާރާތްތަކާ ހިލާފަށް، ޒަމާނީ ފެންވަރުގެ ގިނަ ލުއިފަސޭހަތަކަކާ އެކު ތަރައްގީކޮށްފައިވާ ތަނެކެވެ.


އެގޮތުން، މި އިމާރާތުގައި އިދާރީ އޮފީސްތަކުގެ އިތުރުން ޒަމާނީ ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އަދި ވެހިކަލް ޕާކުކުރުމަށް ހާއްސަ ބޭސްމަންޓް ޕާކިން ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ. އަދި އިމާރާތުގެ އެހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށް ކުއްޔަށް ދޫކުރާ އޮފީސް ޖާގަތަކުގެ ގޮތުގައެވެ.


މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށިގެން ދިޔައީ 2022 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއާއެކު ބިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމާ ހިސާބުންނެވެ. އޭގެފަހުން، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ހުނާން ސިކްސް އިންޖިނިއަރިން ކޮމްޕެނީއާ މި މަސައްކަތް ހަވާލުކުރެވި، އަމަލީ މަސައްކަތް ފެށުމަށްޓަކައި ބިންގާ އަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.


އެމްޓީޑީސީން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިމާރާތުގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ފުރިހަމަކޮށް ނިމި، މިހާރު މި އިމާރާތް ވަނީ ހިދުމަތް ދިނުމަށާއި ބޭނުންކުރުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement