މާދަމާ ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއަޕޯރޓަށް ދިއުމަށް އެދިއްޖެ
މާދަމާ ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއަޕޯރޓަށް ދިއުމަށް މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން އެދިއްޖެއެވެ. އެކުންފުނިން މިގޮތަށް އެދުނީ މާދަމާއަކީ އެއަޕޯރޓް އެރައިވަލް ބާރު ބޮޑު ދުވަހަކަށް ވާތީއެވެ.
އެއަޕޯރޓް ބާރު ބޮޑު ވަނީ ސްކޫލް ބަންދުގައި އުމްރާގެ އަޅުކަމަށް ދިޔަ ގިނަ އަދަދެއްގެ ދިވެހިންވެސް މާދަމާ އެނބުރި އަންނާތީއެވެ. އެހެންކަމުން އެއަޕޯރޓް މަގުތަކުގެ ތޮއްޖެހުން ބޮޑުވެ, ޓްރެފިކަށް ދަތިވާނެތީ ލަސްވެގެން ތިން ގަޑިއިރު ކުރިން ފުރާ މީހުން އެއަޕޯރޓަށް ދިއުމަށް ވަނީ އެދިފައެވެ.
އެއަޕޯރޓްސް ކޮމެޕްނީ ލިމިޓެޑުން ވަނީ ޓެކްސީ ސެންޓަރު ތަކާއި, ޓެކްސީ ޑްރައިވަރުންވެސް ޓްރެފިކް ފްލޯ ހަމަޖެއްސުމުގައި އެއްބާރުލުން ދިނުމަށް އެދިފައެވެ.
މާދަމާ ބާރު ބޮޑުވާނެ ވަގުތުތައްވެސް އެއަޕޯރޓްސް ކޮމްޕެނީން ވަނީ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ހެނދުނު 06:00-09:00 އަށް 2678 މީހުން ފަސިންޖަރުން އަންނާނެ އެވެ. އޭގެތެރެއިން 618 މީހުންނަކީ އުމްރާވެރީންނެވެ. މެންދުރު 02:00-04:00 އަށް 2071 ފަސިންޖަރުން އަންނާނެ ކަމަށް އެއަޕޯރޓް ކުންފުނިން ބުންޏެވެ. އޭގެތެރޭގައި 452 އުމްރާވެރީން ހިމެނެއެވެ.
ޑިސެމްބަރު މަހު 6000 އަށްވުރެ ގިނަ. މީހުން ރާއްޖެއިން އުމްރާއަށް ދިޔައެވެ. އޭގެތެރެއިން ބައެއް މީހުން މިހާރުވެސް ވަނީ އެނބުރި އައިސްފައެވެ.
ރިއެކްޝަންސް