ރާއްޖޭގެ ސަރަހައްދަށް ވަދެއުޅުނު މަސްބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދައިފި
ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ޤާނޫނާ ހިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ބޯޓް އަތުލީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެބޯޓަކީ ޤާނޫނާ ޚިލާފަށް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެކެވެ.
އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ބޯޓް ހެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ޑްރޯން ތަކަކީ ރާއްޖޭގެ އިގްތިޞާދީ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން އަމިއްލަ އަށް ބަލަހައްޓަން, މިސަރުކާރުން މިއަހަރުގެ ތެރޭގައި ތުރުކީން ގެނައި ޑްރޯންތަކެކެވެ.
ރިއެކްޝަންސް