ފާއިތުވި 2 އަހަރު ތެރޭގައި ފަތުރުވެރިކަމަށް 7000 އަށްވުރެ ގިނަ އެނދު އަލަށް ރަޖިސްޓްރީކޮށްފި

ފާއިތުވި 2 އަހަރު ތެރޭގައި ފަތުރުވެރިކަމަށް 7000 އަށްވުރެ ގިނަ އެނދު އަލަށް ރަޖިސްޓްރީކޮށްފި

6 hours ago - 10:22
Advertisement
Advertisement

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވަމުންދާ މިންވަރަށް ބަލާއިރު، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ސިނާޢަތަށް 7,000 އަށްވުރެ ގިނަ އެނދު އަލަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.


މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނަ އިރު، މި ސިނާޢަތުގެ ޚިދުމަތްތައް ހަރުދަނާކޮށް އިތުރު ފެސިލިޓީތައް ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ މުހިންމު ބައިތަކެއް ވަނީ އަލަށް ރަޖިސްޓްރީކޮށްފައެވެ. 
އަލަށް ރަޖިސްޓްރީކުރި ތަންތަނުގެ ތަފްސީލު:

6 ރިސޯޓް
23 ލިވަރބޯޑް
3 ހޮޓެލްސް
216 ގެސްޓްހައުސް
54 ޑައިވް ސެންޓަރ
58 ހޯމްސްޓޭ
422 ޓްރެވެލް އެޖެންސީ

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މި ސިނާޢަތަށް ނެރޭ އެނދުގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފާއިތުވި ދެ އަހަރު ތެރޭގައި އަލަށް ރަޖިސްޓްރީކުރި 7,195 އެނދުގެ ތަފްސީލަކީ:

Advertisement
Advertisement

ރިސޯޓުތަކުން: 1,554 އެނދު
ލިވަރބޯޑުތަކުން: 503 އެނދު
ހޮޓެލްތަކުން: 708 އެނދު
ގެސްޓްހައުސްތަކުން: 4,062 އެނދު
ހޯމްސްޓޭއިން: 368 އެނދު

ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޖުމްލަ 68,244 އެނދު ވަނީ ޚިދުމަތަށް ނެރެފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ރިސޯޓުތަކުގައެވެ. މިދިޔަ އަހަރު އަލަށް ހުޅުވުނު 6 ރިސޯޓާއެކު، ރާއްޖޭގައި މިވަގުތު ހިންގަމުންދާ 186 ރިސޯޓުން ޖުމްލަ 45,009 އެނދު އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރިތަކުންވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.


ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، މި ސިނާޢަތުން ލިބޭ އާމްދަނީ އިތުރުކުރުމެވެ. މިހާރު އަމަލުކުރަމުންދާ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ ދަށުން، 2027 ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ ރާވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement