ރައުދު ހައްޔަރުކޮށް, 7 މީހެއްގެ ފޯނު ހިފަހައްޓައިފި
ހައްޔަރުކުރި ރައުދު ހާދިސާ ގހިނގިރޭ ފެންޓެނޯއި ގޭގައި: ފޮޓޯ-ވީޑިއޯ ސްކްރީން

ރައުދު ހައްޔަރުކޮށް, 7 މީހެއްގެ ފޯނު ހިފަހައްޓައިފި

ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން

12 months ago - 19:39
Apr 24, 2025 - 19:42
Advertisement
Advertisement

ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން, ވެއްޓުނު މީހާއާއެކު އެގެއަށް ވަން ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ގ.އެރިއަދޫ 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިރޭ 18:20 ގައި ކަމަށެވެ.

ރައުދު ހައްޔަރުކުރުމުގެ އިތުރުން ފުލުހުން ވަނީ އޭނާ އާއި ވެއްޓުނު ޔުމްނު ރަޝީދު އާއި އިތުރު ފަސް މީހެއްގެ ފޯނު ހިފަހައްޓާފައެވެ. ހަތް މީހެއްގެ ފޯނު ހިފެހެއްޓިއިރު އޭގެތެރެއިން ފަސް މީހުންނަކީ ވެއްޓުނު ގެއަށް ވަނުމުގެ ކުރިން ދަންވަރު އެހެން ގެއަކަށް އެކުގައި ވަން މީހުންގެ ތެރެއިން ފަސް މީހުންނެވެ.

މިމައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ މާންދޫގެ ދެކުނުގެ ޓެރަސް އާއި ދެވަނަ އަދި 4 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައެވެ. އަދި ކަށިވެލި ތިންވަނަ ފަންގިފިލާވެސް ބަލާ ފާސްކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. މާންދޫގެ ދެކުނުގެ އަކީ ދަންވަރުން ފެށިގެން ފަތިހާ ހަމައަށް އެމީހުން އުޅުނު ގެއެވެ.

 19 އަހަރުގެ ޔުމްނު ރަޝީދު ވެއްޓުނީ ހ.ފެންޓެނޯއި ގެއިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement