ރޯދަ މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް، މީޓަރު ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށަނީ

ރޯދަ މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް، މީޓަރު ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށަނީ

8 hours ago - 19:59
Advertisement
Advertisement

ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެހެން އެ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި، ކަރަންޓު މީޓަރުތަކުގެ ރީޑިން ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ. 


ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ރޯދަ މަހުގެ ބިލުތައް ވަކިން ތައްޔާރުކުރުމަށްޓަކައި މި މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ރީޑިން ނެގުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ކަސްޓަމަރުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.


މިއީ ރަމަޟާން މަހު ބޭނުންކުރާ ކަރަންޓަށް ރައްޔިތުން އަތުން ނަގާ ފީ ލުއިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކުރެވޭ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އިއުލާން ކުރައްވާފައިވަނީ، ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ. 


ރައީސް ވިދާޅުވެފައިވާ ގޮތުގައި، ބިލަކަށް 400 ރުފިޔާއަށް ވުރެ އިތުރަށް އަރައިފި ނަމަ، އެ އިތުރުވާ ބަޔަކީ ސަރުކާރުން ދޭ ޑިސްކައުންޓެއްގެ ގޮތުގައި ކަމަށެވެ. ސްޓެލްކޯއިން ރީޑިން ނެގުމުގެ މަސައްކަތް މި ފަށަނީ މި ޑިސްކައުންޓްތައް ބިލުން އުނިކޮށް، ސީދާ ރޯދަ މަހުގެ ބޭނުންކުރުމަށް ބިލް ތައްޔާރުކުރުމުގެ މަގުސަދުގައެވެ. 

Advertisement
Advertisement

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement