މިއަހަރުގެ ނިޔަލަށް 6 އަތޮޅެެއްގެ އާ ހޮސްޕިޓަލް ހުޅުވުމަށް ސަރުކާރުން އަމާޒު ހިފައިފި

މިއަހަރުގެ ނިޔަލަށް 6 އަތޮޅެެއްގެ އާ ހޮސްޕިޓަލް ހުޅުވުމަށް ސަރުކާރުން އަމާޒު ހިފައިފި

2 hours ago - 10:32
Feb 14, 2026 - 10:33
Advertisement
Advertisement

ރާއްޖޭގެ އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާ ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ. 


ސިއްހީ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަހަރުގެ ތެރޭގައި މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު އަދި ކ. ގުރައިދޫގައި ތަރައްޤީކުރާ ހޮސްޕިޓަލްތަކެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ސިއްޙީ ޚިދުމަތްތައް ލާމަރުކަޒީކޮށް، ގިނަ ރައްޔިތުން ސިއްޙީ ފަރުވާއަށް މާލެއަށް ބަރޯސާވާންޖެހޭ އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. މިގޮތުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން އަސާސީ އަދި ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


މި މަސައްކަތުގެ ދަށުން، އަތޮޅުތަކުގެ ރަށްރަށުގައި މިވަގުތު ހުރި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމާއި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރެއެވެ. މީގެއިތުރުން، ރާއްޖޭގެ 7 ސަރަޙައްދެއް 'އަރބަން ސެންޓަރު' ތަކުގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، އެ ސަރަޙައްދުތަކުގެ ހޮސްޕިޓަލްތައް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. 

Advertisement
Advertisement


މި މަޝްރޫޢުތައް ނިމުމުން، ރަށްރަށުގެ ރައްޔިތުންނަށް އަމިއްލަ ރަށާ ގާތުން ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ ލިބި، ސިއްހީ ފަރުވާއަށް މާލެ އަންނަ އައުން މަދުވެ، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement