ރައިސް ޗައިނާގެ ބޮޑުފާރު ބައްލަވާލައްވައިފި

ރައިސް ޗައިނާގެ ބޮޑުފާރު ބައްލަވާލައްވައިފި

ރައިސްގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ބައްލަވާލަލައްވައިފި

6 months ago - 15:09
Jan 12, 2024 - 15:11
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބޮޑުފާރު ބައްލަވާލައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ސަރަހައްދަށް ޒިޔާރަތް ކުރައްވައި, އެތަނުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރެއްވި އެވެ. އަދި އެ ފޮތުގައި ހަނދާނީ މެސެޖެއް ވެސް ލިޔުއްވި އެވެ. 

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީޚީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ޙަޟާރަތަށް ތާރީފުކުރައްވާފައިވެއެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. އެ ފާރަކީ 21،000 ކިލޯ މީޓަރު ހުންނަ ޗައިނާގެ ތާރީހީ މުހިންމު ބިނާއެކެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

 މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement