ވިއްސާރަ: މާލޭގެ އިތުރުން 4 ރަށެއް ފެނުއަޑީގައި

ވިއްސާރަ: މާލޭގެ އިތުރުން 4 ރަށެއް ފެނުއަޑީގައި

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ފެންބޮޑުވެފައިވަނީ ކޮޅުމަޑުލު ގުރައިދޫ އާއި ދިޔަމިގިލީގެ އިތުރުން ހައްދުއްމަތީ މާމެންދޫ އާއި ނިލެންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ މާލެއަށް

9 months ago - 20:19
Jan 12, 2024 - 20:27
Advertisement

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެ އޮތޯރިޓީން ވިދާޅުވީ މާލޭގެ އިތުރުން ފެންބޮޑުވެފައިވަނީ ތ. އަތޮޅު ގުރައިދޫ އާއި ދިޔަމިގިލީގެ އިތުރުން ލ. އަތޮޅު މާމެންދޫ އާއި ދ. ކުޑަހުވަދޫ އަށެވެ.

މީގެ ތެރެއިންވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލޭގެ ގެތަކަށް ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން މައުލޫމާތު ދެއްވިއެވެ.

ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

Advertisement

އެގޮތުން ވެލިބަސްތާ ޖެއްސުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަންނަނީ ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement