ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް ދޭ ގޮތަށް، އެވޯޑުދޭ ތާރީޚް ފަސްކޮށްފި
2022 ވަނައަހަރުގެ ޒުވަނުންގެ އެވޯޑު ދިނުމުގެ ހަފުލާގައި ރައީސް ޞާލިޙު، ޒުވާނަކަށް އެވޯޑު ދެއްވަނީ.

ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް ދޭ ގޮތަށް، އެވޯޑުދޭ ތާރީޚް ފަސްކޮށްފި

2 months ago - 17:58
Advertisement

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތެއް ދޭގޮތަށް ނިންމައި ކުރިން، ޒުވާނުންގެ އެވޯޑު ހަފްލާ ބޭއްވުމަށް ކުރިންނިންމާފައިވާ ތާރީޚު ފަސްކޮށްފި އެވެ. 

ޒުވާނުންގެ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ ޒުވާނުންގެ އެވޯޑު ހަފުލާ ކުރިން ބޭއްވުމަށް ޒުވާނުންގެ މިނިސްޓްރީން ނިންމާފައި ވަނީ، މިއަހަރުގެ އޮގަސްޓު މަހުގެ 12 ގަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ސަރުކަރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އަންގަވާފައިވާތީ، ކުރިން މި ހަފުލާ ބާއްވަން ހަމަޖައްސަފައިވާ ތާރީޚު ޒުވާނުންގެ މިނިސްޓްރީން ފަސްކުރެއްވީ އެވެ. އެހެންކަމުން އެމިނިސްޓްރީން މިހާރު ނިންމަވަފައި ވަނީ މި އެވޯޑަށް މިހާރު ކުރިމަތިލާފައިވާ ޒުވާނުންގެ އިތުރަށް، އިތުރު ޒުވާނުންނަށް އެވޯޑަށް ކުރިމަތިލެވޭގޮތަށް ފުރުޞަތު ހުޅުވާލައްވާ ގޮތަށް ނިންމަވާފަ އެވެ. އެ މިނިސްޓްރީން ވިދާޅުވަނީ، މިނިންމެވުމުގެ ސަބަބުން، މިހާރު ކުރިމަތިލާފައި ތިބި ފަރާތްތަކަށް އިތުރު ބަދަލެއް ނާންނާނެ ކަމަށެވެ.

ޒުވާނުންގެ އެވޯޑު މިއަހަރު ދިނުމަށް ނިންމަވަފައި ވަނީ 17 ދާއިރާއަކުންނެވެ. އޭގެތެރޭގައި ވިޔަފާރިއާއި އިޤްތިޞާދު، ފަންނުވެރިކަމާއި ސަގާފަތްދިރުވުން، ދަރުމަވެރިން، ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތްކުރުން، ތިމާވެށި، ބަސް ދިރުވާ އާލާކުރުން، ކުޅިވަރު އަދި މަސްވެރިކަމާއި ދަނޑުވެރިކަން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން، ވޮކޭޝަނަލް ޓްރެއިނިން ދިނުން ފަދަ ދާއިރާތައް ހިމެނެއެވެ.

ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކުރިމަތިލެވޭ މި އެވޯޑުގައި ކުޅިވަރުގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދާފައިވާ ޒުވާނުންނަށް ދޭ އެވޯޑާއި، "ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ"ވެސް މިހަފްލާގައި ދެވިގެންދާނެ އެވެ.

Advertisement

ޒުވާނުންގެ އެވޯޑު މިނަމުގައި މިއެވޯޑު ދޭންފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އޭގެކުރިން ވެސް ޒުވާނުންގެ ދުވަހު، ފާހަގަކޮށްލެވޭ ޒުވާނުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ  ޒުވާނުންގެ އެވޯޑެއް ވަނީ ދެއްވާފަ އެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement