ޑައިމޯފިން ޓްރެފިކް ކުރި މީހަކު 12 އަހަރުގެ ޖަލު ހުކުމެއް!

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 12 އަހަރުގެ ޖަލު ހުކުމެއް!

10 hours ago - 15:24
Advertisement
Advertisement

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32 އަހަރު) 12 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމަކާއެކު 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.


މި ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހުއެވެ.


ފުލުހުން ބުނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގެ ނަތީޖާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement