މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
މާލޭގެ ގެއެއްގައި އިއްޔެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި އެ އިމާރާތުގެ އެކި ފަންގިފިލާތަކަށް ބޮޑެތި ގެއްލުންތަކެއް ވެ، އެތަނުގައި ދިރިއުޅޭ 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އިމާރާތުގެ ތިން ވަނަ، ހަތަރު ވަނަ، ފަސް ވަނަ އަދި ހަ ވަނަ ފަންގިފިލާއަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.
އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން:
- 20 ބޮޑެތި މީހުންނާއި 3 ކުޑަކުދިން ހިމެނޭހެން ޖުމްލަ 23 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައި.
- އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ ހަތް މީހަކަށް ބޭނުންވާ އަންނައުނުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި.
މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހަތަރު ވަނަ ފަންގިފިލާއަށެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ރިއެކްޝަންސް





