ދަނާލުގައި އަންހެން ކުއްޖަކު މަރުވެއްޖެ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި ދިރިއުޅެމުންދިޔަ އަންހެން ދަރިވަރަކު ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ރޭ ދަންވަރު 2:30 ހާއިރު ދަނާލު ހުންނަ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދިޔައީ ހަރަކާތްތެރިވަމުންނެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މަރުވެފައިވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.
ނަމަވެސް، އެ ކުއްޖާ މަރުވާން ދިމާވި ސަބަބާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ ދަނާލަކީ އެ ޔުނިވާސިޓީގެ އެކި ކޯސްތަކުގައި ކިޔަވަމުންދާ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅެމުންދާ ތަނެކެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ތިބި ދަރިވަރުންނާއި އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޑު ސިހުމެއް އުފެދިފައެވެ.
ރިއެކްޝަންސް





