އެއްބަސްވެވަޑައިގެންނެވި ތާރީޚުގެ ކުރިން ހޮޅުދޫއަށް ވަޑައިގެން, އެދުނު ފަރާތްތަކާ ބައްދަލުކުރިން- މިނިސްޓަރ އިހުސާން
ހޯމް މިނިސްޓަރ އަލީ އިހުސާން: ފޮޓޯ-ހޯމް މިނިސްޓްރީ

އެއްބަސްވެވަޑައިގެންނެވި ތާރީޚުގެ ކުރިން ހޮޅުދޫއަށް ވަޑައިގެން, އެދުނު ފަރާތްތަކާ ބައްދަލުކުރިން- މިނިސްޓަރ އިހުސާން

10 hours ago - 08:48
Mar 12, 2025 - 08:48
Advertisement
Advertisement

ނ.ހޮޅުދޫއަށް ދެވަނަފަހަރަށް ވަޑައިގަންނަވަން އެއްބަސްވެވަޑައިގެންނެވި ތާރީޚުގެ ކުރިން އެރަށަށް ވަޑައިގެން, އެދުނު ފަރާތްތަކާ ބައްދަލުކުރެއްވި ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރެއްވީ ހޮޅުދޫއަށް ވަޑައިގަންނަވާނެ ކަމަށް އެއްބަސްވެވަޑައިގެންނެވި ތާރީޚުގައި ވަޑައިނުގެންނެވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިއުން އަމާޒުކުރައްވަން ފެއްޓެވުމުންނެވެ.

މިނިސްޓަރ އިހުސާނަށް ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވީ އެރަށު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެރަށަށް ކުރެއްވި ފުރަތަމަ ދަތުރުގައި, މިމަހުގެ 9 ވަނަ ދުވަހު ދެވަނަ ދަތުރެއް ކުރައްވާނެ ކަމަށް ވިދާޅުވެ އެތާރީޚުގައި ވަޑައި ނުގެންނެވުމުންނެވެ. އަދި އެތާރީޚުގައި ވަޑައިނުގަންނަވައިފި ނަމަ ޖެހިގެން އަންނަ ދުވަހު ވަޒީރުކަމުގައި ނުހުންނަވާނެ ކަމަށް ވިދާޅުވެފައިވާތީއެވެ. އޭރު އެވީޑިއޯވެސް ދައުރުވިއެވެ.

މާރޗް 9 ވަނަ ދުވަހު މިނިސްޓަރ އެރަށަށް ވަޑައިނުގަންނަވައެވެ. ނަމަވެސް ވަޒީރު ވިދާޅުވީ އޭގެކުރިން މާރޗް 6 ވަނަ ދުވަހު ހޮޅުދޫއަށް ވަޑައިގެން ވަކިވަކިން ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވި ހުރިހާ ފަރާތްތަކާ ބައްދަލުކުރެއްވި ކަމަށެވެ. މާރޗް 9 ގެ ކުރިން ވަޑައިގެންނެވީ 9 ވަނަ ދުވަހު ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމެއް ތާވަލްކުރުމުން ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ވަޒީރު އިހުސާން ފުރަތަމަ ހޮޅުދޫއަށް ވަޑައިގެންނެވީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. އެރަށުން 26 ވަނަ ދުވަހު ފުރުމުގެ ކުރިން މާރޗް 9 ވަނަ ދުވަހު އެރަށަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވީ ހޮޅުދޫ ރައްޔިތަކު ދެން ވަޒީރު ވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ބުނަމުން ދިއުމުންނެވެ. އަދި އެދުވަހު ވަޑައިނުގެންފިނަމަ ޖެހިގެން އަންނަ ދުވަހު ވަޒީރުކަމުގައި ނުހުންނަވާނެ ކަމަށް ވިދާޅުވީ ޔަގީންކަން ދެއްވުމުގެ ގޮތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Advertisement

" އެވަގުތު އަޅުގަނޑު ވަރަށް އަވަހަށް އެރަށަށް އަދި ދާނެކަމަށް ތަކުރާރުކޮށް ބުނުމުންވެސް ދެން އެރަށަށް އަޅުގަނޑު ނުދާނެކަމަށް އެބޭފުޅާ ދަންނަވަމުންދިޔަ. އެވަގުތު އަޅުގަނޑުގެ ޝެޑިއުލް ބަލާފައި 9 މާރޗް 2025 ވަނަދުވަހު އިރާދަކުރެއްވިއްޔާ އެރަށަށްދާނެކަމަށް ބުނިން. ނަމަވެސް އެބޭފުޅާ ދިޔައީ އަޅުގަނޑު އެރަށަށް ނާންނާނެކަމަށް ތަކުރާރުކޮށް ދަންނަވަމުން. މިހެންވެ އެ ޔަގީންކަން އިތުރަށް ދިނުމަށް އެދުވަހު އެރަށަށް ނުގޮސްފިނަމަ 10 މާރޗް ގައި އަޅުގަނޑު ވަޒީފާގައި ނުހުންނާނެކަމަށް ދެންނެވިން." ވަޒީރު ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement