
'ޢީދު ހަވީރު 1446' ގެ ދައުވަތު ޢާއްމުކޮށް ހުޅުވާލައިފި
'ޢީދު ހަވީރު 1446' ގެ ދައުވަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ. ފިޠުރު ޢީދުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން ކުރިއަށް އޮތް ޢީދު ކުލަގަދަކޮށް ފާހަގަކުރަން ސަލާމަތީ ބާރުތަކާއި, ސަރުކާރުގެ ކުންފުނިތައް ގުޅިގެން ވަނީ ތައްޔާރުވެފައެވެ.
ގައުމީ ދިފާއީ ބާރުން ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަލްޓަން ޕާރކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި, ޖުމްހޫރީ މައިދާނާއި, ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެސަރަހައްދުގައި ޢީދު ހަވީރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި, ޢީދު އުފަލުގައި ބާއްވާ އެކި ކުޅިވަރު ތަކުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނާނެ ކަމަށް ސިފައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"މުނިފޫހި ފިލުވުމުގެ ތަފާތު އައިޓަމްތަކާއި, އަދި ޢީދު ހަދިޔާ ދިނުންވެސް ޢީދު ހަވީރުގައި ކުރިއަށްދާނެއެވެ" ސިފައިން ވިދާޅުވިއެވެ.
މިޢީދު ހަވީރު ކުރިއަށްގެންދަނީ ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެންނެވެ. ބޭނުމަކީ އިސްލާމީ މިމުހިއްމު މުނާސަބާގެ އުފަލުގައި ވީހާގިނަ ދިވެހި އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ, އިޖުތިމާއީ ރޫހު އާލާ ކުރުންކަން ސިފައިންގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި ވަކީން ޚާއްޞަކޮށް ކުޑަކުދީންނަށް ޢިދުގެ އުފާވެރިކަން ބޮޑަށް އިހުސާސްކޮށްދިނުމާއި, އެއްބަޔަކު އަނެއްބަޔަކު ބައްދަލުވެ ސަލާން ގަލާންކޮށް, މުނިފޫފި ފިލުވާ ހަދިޔާ ބަދަލުކުރުންފަދަ ރީތި އާދަތަކަށް ދިރުން ގެނެސްދިނުމަކީ ވެސް ކުލަގަދަކޮށް ފާހަގަކުރުމުގެ މުހިއްމު ބޭނުމެއް ކަމަށް ބުނެފައި ވެއެވެ.
އީދު ކުލަގަދަކޮށް މުޅިރާއްޖޭގައި ފާހަގަކުރުމަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަން ތަންފީޒު ކުރެއްވުމަށް ރަށްރަށުގައި ކުލަބޮކި ދިއްލުމުގެ ކަންކަން ވަނީ ފަށާފައެވެ.
ރިއެކްޝަންސް






