ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުމުގެ ޖަލްސާ މިރޭ
މިރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުމުގެ ޖަލްސާ މިރޭ

ޖުމުލަ 24 ފަރާތަކަށް ހާފިޒުކަމުގެ ސަނަދު އަރުވާނެ

1 year ago - 12:00
Mar 26, 2025 - 12:14
Advertisement
Advertisement

ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަނަދު އެރުވުމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ދަސްވެނިވުމުގެ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ މި ތާރީޚީ އަދި ޝަރަފުވެރި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޒުކަމުގެ ސަނަދު އަރުވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.  

ގުރުއާން ހިތުދަސްކުރައްވާ ޙާފިޡުންނަށް، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވަމުންނެވެ. އެގޮތުން މީގެ ކުރިން ޙާފިޡުންނަށް ދޭ އިނާޔަތް މި ސަރުކާރުން ވަނީ ދެ ގުނަ ބޮޑު ކުރައްވާފައެވެ. އަދި "ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް" ގެ ނަމުގައި ޙާފިޡުންނަށް މެޑެއްޏެއް ދޭން ވަނީ ފައްޓަވާފައެވެ.

މިރޭ މިބާއްވާ ހާއްސަ ޖަލްސާ ފެށޭނީ މިރޭ 22.00 ގައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement