
ޤައިސް ޢުމްރާ ގްރޫޕުގެ ފުވައްމުލަކު އެޖެންޓަކަށް ބެސްޓް ލާނިންގ ސެންޓަރ ހަމަޖައްސައިފި
ޤައިސް ޢުމްރާ ގްރޫޕުން ވަނީ ޑިސެންބަރު ޢުމްރާއަށް ފުވައްމުލަކަށް 20 ޖާގަ ހަމަޖައްސާފަ
ޢުމްރާގެ އަޅުކަމަށް މީހުންގެ ގެންގޮސްދިނުމުގެ ޚިދުމަތްދޭ ޤައިސް ޢުމްރާ ގްރޫޕުގެ ފުވައްމުލަކު އެޖެންޓަކަށް އެރަށުގެ މަޝްހޫރު ޓިއުޝަން ސެންޓަރ ބެސްޓް ލާނިންގ ސެންޓަރ ހަމަޖައްސާފައިވާ ކަމަށް ޤައިސް ޢުމްރާ ގްރޫޕުން ވިދާޅުވެއްޖެއެވެ.
ޤައިސް ޢުމްރާ ގްރޫޕުގެ ޑިރެކްޓަރ ގާސިމް މުޙައްމަދު ވިދާޅުވީ އެ ގްރޫޕުގެ ފުވައްމުލަކުގެ އެޖެންޓުގެ ގޮތުގައި ބެސްޓް ލާނިން ސެންޓަރ ހަމަޖެހއްސީ ޢުމްރާގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހައިން ދަތުރުގެ އިންތިޒާމުގެ މައުލޫމާތާއި ޤައިސްގެ ޚިދުމަތްތަކުގެ ސާފު މައުލޫމާތު ވީހާވެސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
ގާސިމް ވިދާޅުވީ ބެސްޓް ލާނިންގ ސެންޓަރަކީ ގިނަ ބަޔަކަށް ވަރަށް އިތުބާރުކުރެވޭ ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށްވާތީ ޤައިސް އުމްރާ ގްރޫޕުގެ ޚިދުމަތުގެ މައުލޫމާތު ފަސޭހަކަމާއެކު ފުވައްމުލަކުގެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ބެސްޓް ލާނިންގ ސެންޓަރގެ މެނޭޖަރ ޢަބްދުﷲ ރާޒީ ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުންނަށް ޢުމްރާގެ މަތިވެރި އަޅުކަން ކުރެއްވުމަށް ވަރަށް ޝައުގުވެރިވާ ރައްޔިތުންތަކެއް ކަމަށާއި ބެސްޓް ލާނިންގ ސެންޓަރު މެދުވެރިކޮށް ޤައިސް ގްރޫޕުން ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޤައިސް ޢުމްރާ ގްރޫޕުގެ ޑިރެކްޓަރ ގާސިމް މުޙައްމަދު ވިދާޅުވީ އެގްރޫޕުގެ ޑިސެންބަރު ޢުމްރާގެ ޖާގަ މިހާރު ފުލްވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފުވައްމުލަކު ބޭފުޅުންނަށް ޚާއްސަ ޖާގަތަކެއް ހުސްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެގްރޫޕުގެ ޢުމްރާގެ ޚިދުމަތުގެ ޕެކޭޖުތަކުގެ މައުލޫމާތު އެ ގްރޫޕުގެ ޕޭޖުން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި 7958777 އަށް ނުވަތަ 7782103 އަށް ގުޅުމުންވެސް ޚިދުމަތުގެ ޕެކޭޖުތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ.
ޤައިސް ޢުމްރާ ގްރޫޕުގެ ޑިސެންބަރު ޢުމްރާ އޮންނާނީ ޑިސެންބަރު 27 އިން ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރިއެކްޝަންސް






