ޤައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދޭނަމަ އެލިސްޓްގައި ރާއްޖެ ހިމެނޭނެ- މިނިސްޓަރ
މިނިސްޓަރ ޝަހީމް މަޖިލިހުގައު ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ޤައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދޭނަމަ އެލިސްޓްގައި ރާއްޖެ ހިމެނޭނެ- މިނިސްޓަރ

ސަރުކާރުން ރިޒާވްކުރާ ކޯޓާ މަދުކުރަން ރައީސް ވަނީ އަންގަވާފަ

4 hours ago - 09:43
Aug 12, 2025 - 09:43
Advertisement
Advertisement

ޤައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދޭނަމަ އެލިސްޓްގައި ރާއްޖެ ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި މިއަދު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވަބުދެއްވަމުންނެވެ.

ބައެއް ހައްޖުވެރިން ހައްޖަށް ދެވޭނެކަމަށް ކުރިން އޮތް އަހަރު ފަހަތަށް ޖެހިފައިވާކަން ފާހަގަކުރައްވާ މެންބަރަކު ކުރެއްވި ސުވާލަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ފަހަތަށް ޖެހިފައިވަނީ ކޮވިޑްގެ ތެރޭގައި ހައްޖަށް މީހުން ގެންދިއުން ތިން އަހަރަށް މެދުކެނޑުމުން އެއަހަރު ތަކުގައި ހައްޖަށްދާން ތިބި މީހުން ފަހަތަށް ޖެހުނު ކަމަށެވެ. އެކަން ހައްލުކުރަން ކޯޓާ އިތުރުކުރުމަށް ސައުދީއަރަބިޔާގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މައްކާގައި އުމްރާނީ މަސައްކަތްތަކެއް ކުރަމުންދާތީ ހައްޖު ކޯޓާ މިވަގުތު އިތުރުކޮށް ނުދޭ ކަމަށެވެ. އެހެންނަމަވެސް ގައުމަކަށް ހައްޖުކޯޓާ އިތުރުކޮށްދޭނަމަ އެލިސްޓްގައި ރާއްޖެ ހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ހައްޖު ކޯޓާއިން ވައްކަން ކުރަމުންދާކަމަށް ބުނެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެކަން ދޮގުކުރައްވާ ވަޒީރު ވިދާޅުވީ އެއީ ދޮގެއް ކަމަށާއި ހައްޖު ކޯޓާއިން ވައްކަން ނުކުރާ ކަމަށެވެ.

Advertisement
Advertisement

މީގެއިތުރުން މިނިސްޓަރ ޝަހީމް ވަނީ ސަރުކާރުން ރިޒާވް ކުރާ ހައްޖު ކޯޓާގެ އަދަދު މަދުކުރަން ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement