ލޯނު އެއްބަސްވުމެއްގެ ދަށުން ގްރީލިޝް އެވަރޓަން އަށް ބަދަލުވަނީ: މަސްދަރު
ޖެކް ގްރީލިޝް. ފޮޓޯ: ޓްރިބިއުނާ

ލޯނު އެއްބަސްވުމެއްގެ ދަށުން ގްރީލިޝް އެވަރޓަން އަށް ބަދަލުވަނީ: މަސްދަރު

5 hours ago - 09:51
Aug 12, 2025 - 10:08

މެންޗެސްޓަރ ސިޓީއަށް ކުޅެމުންއަންނަ ޖެކް ގްރީލިޝް ލޯން އެއްބަސްވުމެއްގެ ދަށުން އެވަރޓަން އާ ގުޅުމަށް އެޓީމުން އެއްބަސްވެފައިވާކަމަށް މަސްދަރުތައް ބުނެފިއެވެ. 

މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން އިން ބުނި ގޮތުގައި އަންނަ ސީޒަން ނިމެންދެން އެވަރޓަން އަށް ބަދަލުވުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާއިރު އަންނަ ހަފުތާގެ ތެރޭގައި މެޑިކަލް ކަންކަން ފުރިހަމަ ކުރާނެކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

އަދި މިހާރު އެއްބަސްވުމުގެ ފަހު މަރުހަލާތައް ވެސް ގާތްގަނޑަކަށް ނިމިފައިވާއިރު އަންނަ އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓަޑް އާ ދެކޮޅަށް އެވަރޓަން ނިކުންނަ މެޗުގައި ގްރީލިޝް ފެންނާނެކަމަށްވެސް ވަނީ ބެލެވިފައެވެ. 

29 އަަހަރުގެ ގްރީލިޝް އެވަރޓަން އާ ގުޅުމަށް ނިންމިއިރު ފާއިތުވި ދެއަހަރެއްހާ ދުވަހު ސިޓީގައި މާއެދެވޭ ގޮތަކަށް ސްކޮޑުން ޖާގަލިބޭގޮތް ވަނީ ނުވެފައެވެ. އެންމެ ފަހުން ބޭއްވި ކްލަބް ވޯލްޑްކަޕްގެ ސްކޮޑްގައިވެސް ގްރީިލިޝްއަށް ޖާގަ ލިބިފައެއް ނުވެއެވެ.

Advertisement
Advertisement

ނަމަވެސް ގްރީލިޝް އަކީ 23-2022 ގެ ސީޒަނުގައި ސިޓީން ތިންތަށި ހާސިލް ކުރިއިރު ގްރީލިޝް އަކީ ކްލަބްގެ މުހިއްމު ކުޅުންތެރިއެކެވެ. 

2021 ވަނަ އަހަރު އެސްޓަންވިލާއިން ގްރީލިޝް ސިޓީއާ ގުޅުނީ 100 މިލިއަން ޕައުންޑްގެ ފީއަކަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow