ސްކޮޑް ކުޑަނުކޮށްފިނަމަ އަންނަ ސީޒަނުގައި ސިޓީ ދޫކޮށްލާނެކަމަށް ގާޑިއޯލާ ބުނެފި
ގާޑިއޯލާ ސިޓީގެ ޓްތެރނިންގ ގައި. ފޮޓޯ: މެންޗެސްޓަރ ސިޓީ

ސްކޮޑް ކުޑަނުކޮށްފިނަމަ އަންނަ ސީޒަނުގައި ސިޓީ ދޫކޮށްލާނެކަމަށް ގާޑިއޯލާ ބުނެފި

7 hours ago - 09:53
May 21, 2025 - 10:31

ހޫނު މޫސުުގެ ޓްރާންސްފަރ މާކެޓަށްފަހު ކްލަބްގެ ސްކޮޑް ކުޑަ ނުވާނަމަ މެންޗެސްޓަރ ސިޓީ ދޫކޮށްލާނެކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. ގާޑިއޯލާ ބުނީ ގިނަ ކުޅުންތެރިންތަކެއް ބެންޗުގައި ބައިތިއްބައިގެން ކުޅުވަން އޭނާއަށް އުނދަގޫކަމަށެވެ.

ރޭ ޕްރިމިއަރ ލީގުގައި ބާންމައުތު އަތުން 3-1 ން މޮޅުވި މެޗުގައިވެސް ސީޓީން  ގިނަ ކުޅުންތެރިންތަކެއް ބޭނުންކޮށްފައެއް ނުވެއެވެ. އޭގެ ތެރޭގައި ސަވީނޯ, ޖޭމްސް މެކްއެޓީ,ރިކޯ ލެވިސް, ކްލައުޑިއޯ އެޝެވޭރީ އަދި އަބްޑުކޮދިރް ހުސަނޯވް ފަދަ ކުޅުންތެރިން ހިމެނެއެވެ.

ތައްޓެއް ނުލިބި ހާލަތުދަށަށް ގޮސްފައިއޮތް ސިޓީ އާ 2016ގައި ގާޑިއޯލާ ހަވާލުވެ ގިނަ ކުޅުންތެރިންތަކެއް ގެނެސް ކްލަބް އަލުން ތަރައްޤީކުރަން ފެށީ 2017 ގައެވެ. އެކަމަކު އަންގާރަ ދުވަހުގެ މެޗަށްފަހު ގާޑިއޯލާ ބުނީ މިހާރު ސިޓީގައި އޮތީ މާ ބޮޑު ސްކޮޑެއް ކަމުގައެވެ. 

"އަަހަރެން ބުނެފިން ކްލަބުގަ އަހަރެން އެ (ބޮޑު ސްކޮޑެއް) ބޭނުމެއްނޫނޭ. އަަހަރެން ބޭނުމެއް ނޫނޭ ފަސް, ހަ ކުޅުންތެރިން ނުލާ (ބަލަން ބައިތިއްބައިގެން)  މެޗުތައް ކުޅުވާކަށް. ސްކޮޑް ކުޑަ ނުކޮށްފިނަމަ އަހަރެން ކްލަބް ދޫކޮށްލާނަން. އަހަންނަށް ފަސޭހައެއް ނޫން އަހަރެންގެ ކުޅުންތެރިން ނުކުޅުވާ (ޗުއްޓީދީގެން) ބައިތިއްބާކަށް" ރޭގެ މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.

Advertisement
Advertisement

ގާޑިއޯލާ ބުނީ ކުޅުންތެރިން ސްޓޭންޑްގައި ތިބެ މެޗު ބަލާލާފަ ނިމިގެން ދާތަންބަލަށް އޭނާގެ ހިތަށް ކުޅަދާނަ ނޫންކަމުގައެވެ. 

އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރައް ދާންޖެހުމާއި އެކު ލީގުގައި ސިޓީގެ މަޤްސަދު ހާސިލްކުރަން ޖެނުއަރީ މަހު އެކަނިވެސް ސިޓީން 200 މިލިއަން ޑޮލަރު ކުޅުންތެރިން ގަންނަން ހޭދަކުރިއެވެ. ޖެނުއަރީ ޓްރާންސްފަރ ގައި ކްލަބުން ވަނީ އޮމަރް މަރްމޯޝް, ނިކޯ ގޮންޒަލޭޒް, ވިކްޓަރ ރެއިސް އަދި އަބްޑުކޮދިރް ހުސަނޯވް ސްކޮޑާށް އިތުރުކޮށްފައެވެ.

ކައިލްވޯކަރ ކްލަބް ދޫކޮށް ގޮސްފައިވާއިރު, ކެވިން ޑީބްރޭނާވެސް އަންނަ ސީޒަނުގައި ސިޓީން ނުފެންނާނެއެވެ. އެކުޅުންތެރިންގެ ބަދަލުގައި ކުޅުންތެރިން ސިޓީއަށް ގެންނަށް ގާޑިއޯލާ ބޭނުންވި ނަމަވެސް މިހާރުއޮތް ބޮޑު ސްކޮޑާއެކު އެކަން ކުރުންވާނީ އުނދަގޫ ކަމަކަށެވެ. ގްރީލިޝްގެ ކުރިމަގު ސިޓީއާއެކު އޮތްގޮތެއްވެސް މިވަގުތު އަދި ސާފެއް ނޫނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow