
ޅ. ގާއެރި ފަޅުކައިރީގައި ލޯންޗާކާއި ޑިންގީއެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ
ޅ. ގާއެރި ފަޅު ކައިރީގައި ފީނަން އުޅުނު ބަޔަކު ތިބި ޑިންގީއަކާ ލޯންޗެއް ޖެހި, ސަބަބުން ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ އިދާރާއަށް މި ހާދިސާ ރިޕޯޓްކޮށްފައި ވަނީ ރޭ މެންދަމު 12:33 ހާއިރުގައިކަމަށެވެ.
ފުލުހުން ވިދާޅުވީ މިހާދިސާ އާއި ގުޅިގެން އަނިޔާވި ފަސް މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށާއި، އަދި އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައި ކަމަށެވެ. އަނިޔާވި މީހުންނަށް މިހާރު ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި އެކްސިޑެސިޑެންޓްގައި ހިމެނޭ ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށާއި، އަދި މި މައްސަލަ އެއިދާރާގެ ފަރާތުން އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށެވެ.
ރިއެކްޝަންސް






